ކަށި ގޯނބިލި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަށި ގޯނބިލި

ކަށި ގޯނބިލި(ސައިންޓިފިކް ނަން: Tribulus terrestris)ނުވަތަ (އިނގިރޭސި ބަހުން: Goathead)އަކީ ބޭހަށް ބޭނުންކުރާ އެއްޗެކެވެ. މިއީ ބޭހަށް ބޭނުންކުރާ ކުޑައޮށެކެވެ. މީގައި ހުންނަނީ ކަށިތަކެއް ފަޅައިފައެވެ. މިއީ ވެލެއްގައި އަޅާ އެއްޗެކެވެ. މިވެލުގައި އަޅާ މާ ހުންނަނީ ރީނދޫ ކުލައިގައެވެ. ކަށި ގޯނބިލީގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.

ކަށި ގޯނބިލި

ކަށި ގޯނބިލި ބޭނުންކޮށްގެން ފަރުވާކުރާ ބަލިތަކުގެ ތެރޭގައި، ކުޑަކަމުދާ ނިޒާމްގައި އިންފެކްޝަންހުރުން، ކުޑަކަމުދާ ނިޒާމްގެ ބައިތަކުގައި ހިލައުފެދުން، ޖިންސީ ވަޅޯކަން، ރަހިމުގެ ބަލިތައް، އަދި ހިތުގެ ބަލިތަކާއި މިނޫން ބައެއް އެހެން ބަލިތައް ވެސް ހިމެނެއެވެ.