ކަށިތުން ފިލޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ކަށިތުން ފިލޮޅު

ކަށިތުން ފިލޮޅު (ސައިންޓިފިކް ނަން: lethrinus rubrioperculatus)ނުވަތަ (އިނގިރޭސި ބަހުން: Spotcheek emperor)އަކީ ވަރަށް ގިނައިން ރާއްޖޭގެ މަސްވެރިން ފަރުމަހުގެ މަސްވެރިކަމުގައި ޚާއްޞަކޮށް އަޑިއަށް ފައްތައިގެން ކުރާ ކެޔޮޅުކަމުގައްޔާއި، ފަޅުފަޅުގައި ދާއަޅައިގެން، ނުވަތަ ރޮނދުލައިގެން ގިނައިން ހިފާއުޅޭ ބާވަތެކެވެ.

މަހުގެ ކަރުތާފަތްގަނޑާއި ބޮލުގެ މަތީބައިގައި ހުޅުބެއް ނުހުރެެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ދެވަނަ ކަށި ތިންވަނަ ކައްޓަށްވުރެ ކުރުވާނެއެވެ. މަހުގެ ކުލައަކީ މަޑު ވައިލެޓް ކުލައަކަށްދާ މުށިކުލައެވެ. މަހުގެ ދެފަރާތުގައި ތަފާތު ގޮތްގޮތަށް ތަންކޮޅެއް ގަދަކޮށް ހުންނަ ކުރެހުންތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ތުންފަތް ހުންނަނީ ފިޔާތޮށި ކުލައެއްގައެވެ. ނިގޫފަތް ހުންނަނީ ވައިލެޓް ކުލައެއްގައެވެ. މަހުގެ އެންމެ ޚާއްޞަ ސިފައަކީ އޭގެ ކަރުތާފަތްގަނޑުގެ މަތީބައިން ކޮޅުގައި އިންނަ ރަތް ކުލައެއްގެ ލަފެވެ.