ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1985 ޖޫން 18 ވަނަ ދުވަހުއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއްގެ ވަނީ ފުރުއްވާފައެވެ. އެގޮތުން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު ސިފައިންގެ ޚިދުމަތުގައި ދެމިހުންނެވި ދިގު މުއްދަތުގެ ތެރޭގައި އެންއެސްއެސް އޮފީހުގެ އޮފިސަރ އިންޗާޖުގެ އެހީތެރިޔާކަމުގެ މަޤާމާއި ކިޔުއާރުއެފް 3ގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާގެ މަޤާމާއި، ކިޔުއާރުއެފް 2ގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ޓްރޭނިންގ ޔުނިޓުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމާއި، އާރުއެޗްކިޔު ހުޅުލޭގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި ޑައިޓްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި އެންއެސްއެސް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބުގެ ރައީސްކަމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ހިމެނެއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު ދިވެހި އަސްކަރިއްޔާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވީ 8 ފެބުރުވަރީ 2008 އިން 4 މާރިޗު 2012 އަށެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު ވަނީ 26 އަހަރާއި 8 މަހާއި 15 ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރަކީ އިސްތިރާޖީ ރޭވުންތެރިކަމާއެކު ހަރުދަނާ ލީޑަރޝިޕެއް ދެއްވި ބޭފުޅެކެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވައިގެން އަސްކަރިއްޔާގެ ކުރިމަގަށް ވަރަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެންނެވިއެވެ. ދިވެހި އަސްކަރިއްޔާގައި ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ޚިދުމަތަކީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ކޮށްދެއްވި އަގުހުރި ޤައުމީ ޚިދުމަތްތަކެވެ. ކޮމާންޑް އަދި ސްޓާފް މުހިންމު މަޤާމްތަކެއް ފުރުއްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) ފަރުޙަތު ޝަހީރު ވަނީ އެމްއެންޑީއެފް އެންސީއޯ އެކެޑެމީ ވުޖޫދަށް ގެންނެވުމުގައާއި ދިވެހި އަސްކަރިއްޔާގައި ޒަމާނުއްސުރެ އޮތް ސިންގަލް ލެޑަރ ސިސްޓަމް ތްރީ ލެޑަރ ސިސްޓަމަކަށް ބަދަލުކުރެއްވުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) ފަރުޙަތު ޝަހީރު މަސައްކަތް ކުރައްވާފައިވާ ރޭންކުތަކުގެ ތެރޭގައި ލާންސްކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 2، ވޮރަންޓް އޮފިސަރ ގްރޭޑް 1 ހިމެނެއެވެ. އަދި ކަމިޝަންޑް އޮފިސަރެއްގެ ގޮތުގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކު ހިމެނޭއިރު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ ބްރިގޭޑިއަރ ޖެނެރަލް ރޭންކުގައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު އަސްކަރިއްޔާގައި އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތާއި ދެއްކެވި މަތިވެރި އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 ކުލަ އާއި 8 މެޑެލި ލިބިވަޑައިގެންފައިވެއެވެ. ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ދިވެހި އަސްކަރިއްޔާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 04 މާރިޗު 2012 ގައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރަކީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމަށް ފަހުގައި ވެސް ދިވެހި އަސްކަރިއްޔާ ފަޚުރުވެރިވާފަދަ ހަރުދަނާ އަސްކަރީ އަޚްލާޤެއްގެ މަތީގައި ސާބިތުވެ ހުންނެވި ނަމޫނާ ޝަޚްސިއްޔަތެކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރަކީ ސިފައިންނަށާއި ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ހުރިހާ ބޭފުޅުންނަށް ވެސް ހުރި އައުލާ ރިވެތި މިސާލެކެވެ.