ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝަރީފް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝަރީފް (ސަރވިސް ނަންބަރު: 720) އަކީ، 1982 ފެބުރުވަރީ 27 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރާއި، 5 މަހާއި، 18 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ލާންސް ކޯޕްރަލް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް، އެންލިސްޓެޑް ރޭންކުތަކުގެ ތެރެއިން ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 2 އަދި ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެ ރޭންކުގައި ޚިދުމަތް ކުރައްވާފައިވެއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް ކަމިޝަން ކުރެއްވީ 21 އެޕްރީލް 1998 ގައެވެ. ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލްގެ ރޭންކުގައި ދިވެހި އަސްކަރިއްޔާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓް ކުރެއްވީ 24 ޖަނަވަރީ 2021 ގައެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކާއި ތަމްރީނުތައް ފުރިހަމަ ކުރައްވާފައެވެ. މިގޮތުން ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި އިންޑިއާއިން ފުރިހަމަ ކުރެއްވި، ކޯސް އިން ދަ ޑިޓެކްޝަން އައިޑެންޓިފިކޭޝަން އެންޑް ޑިސްޕޯސަލް އޮފް އެކްސްޕްލޯސިވްސް އެންޑް އިންސިންޑިއަރީ ޑިވައިސަސް، ސަބް އޮފިސަރ ކޯސް އިން ފަޔަރ ފައިޓިންގ، އިނގިރޭސިވިލާތުން ފުރިހަމަކުރެއްވި އަދަރ އާމްސް އެންސީއޯ ސްކްލިޑް އެޓް އާރމްސް އިންސްޓްރަކްޓަރ ކޯސް، އެމެރިކާއިން ފުރިހަމަކުރެއްވި އެމެރިކަން ލޭންގްއޭޖް ކޯސް، އިންފެންޓްރީ އޮފިސަރސް ބޭސިކް ކޯސް، އިންފެންޓްރީ މޯޓަރ ލީޑަސް ކޯސް، ޕާކިސްތާނުން ފުރިހަމަކުރެއްވި އިންފެންޓްރީ ޔަންގް އޮފިސަރސް ކޯސް، އިންފެންޓްރީ މިޑް ކެރިއަރ ކޯސް، ބޭސިކް ސްޓާފް ކޯސް، ކޮމާންޑް އެންޑް ސްޓާފް ކޮލެޖް 2005، އަދި ދިވެހިރާއްޖެއިން ފުރިހަމަ ކުރެއްވި ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގއާއި، ވީވީއައިޕީ ޕްރޮޓެކްޝަން ކޯސް 1 އާއި، ވީއައިޕީ ޕްރޮޓަކްޝަން އިންސްޓްރަކްޓަރ ކޯހާއި، އޮފިސަރސް ޑްރިލް ކޯސް ހިމެނެއެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް، ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. އަދި ވަރަށް މުހިންމު ކޮމާންޑް އެޕޮއިންޓްމަންޓެއް އަދާކުރައްވާފައިވެއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް އަދާކުރައްވާފައިވާ މުހިންމު އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި އެއަރޕޯޓް ސެކިއުރިޓީ ޔުނިޓްގެ އޮފިސަރ ކޮމާންޑިންގެ އެހީތެރިޔާގެ މަޤާމު، ރީޖަނަލް ހެޑްކްއޯޓަރސް ހުޅުލޭގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާގެ މަޤާމު، ރެޕިޑް ރިއެކްޝަން ގްރޫޕް – 2 ގެ އޮފިސަރ ކޮމާންޑިންގެ މަޤާމު، އޯޑްނަންސް ސަރވިސްގެ ކޮމާންޑަރުގެ އެހީތެރިޔާގެ މަޤާމު، އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރުގެ އެހީތެރިޔާގެ މަޤާމު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރުގެ މަޤާމު، ސަރވިސް ކޯރގެ ކޮމާންޑަރުގެ މަޤާމު، އިންސްޕެކްޓަރ ޖެނެރަލްގެ މަޤާމު، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރގެ މަޤާމު، އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްވައިޒަރގެ މަޤާމު އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓްގެ މަޤާމާއި އޯޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ހިމެނެއެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާގައި އުފައްދާފަވާ ބޯޑުތަކާއި ކޮމިޓީތަކުގައި ވެސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް ސިފައިންގެ ކުރިއެރުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. މިގޮތުން އެމްއެންޑީއެފް ރިޓަޔަރމަންޓް ބޯޑުގެ ވައިސް ޗެއަރމަންކަމާއި، އެ ބޯޑުގެ ޗެއަރމަންކަމާއި، އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ ޗެއަރމަންކަމާއި، އެމްއެންޑީއެފް ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި އެމްއެންޑީއެފް ލަފާދޭ މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަ ކުރެވެއެވެ. މީގެއިތުރުން ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން އެ ސޯސިއޭޝަނަށް ވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް ސިފައިންގެ ޚިދުމަތުން 2023 އޮގަސްޓް 14 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ސަރވިސް ކޯރގެ އޯޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމުގެ އިތުރުން އެމްއެންޑީއެފް ލަފާދޭ މަޖިލިހާއި ޕްރޮމޯޝަން ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުފަދަ މަސައްކަތްތައް ފާހަގަކުރެވެއެވެ. އަދި 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނާއި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 10 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، 3 ނޮވެންބަރުގެ މެޑެލި، ސައްތައިގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، އަދި މިނިވަން 50ގެ މެޑެލި، ޖުމްހޫރީ 50ގެ މެޑެލި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، އަޚްލާޤީ ކުލަ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަހަރަށް، ކާމިޔާބުގެ ކުލަ، އަދި ހުނަރުވެރިކަމުގެ ކުލައެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފަކީ ދިވެހި އަސްކަރިއްޔާގައި އިންސާނީ ވަސީލަތް ބިނާކުރުމުގެ ދާއިރާއިން ސިފައިން ތަމްރީނުކުރުމުގައި ގިނަ ދުވަސްތަކެއްގައި ވަރަށް އަގުހުރި މަސައްކަތް ކުރައްވައި އެތައް ބަޔަކު ތަމްރީނު ކުރައްވާފައިވާ ކުޅަދާނަ ޤާބިލު މުދަރިއްބެކެވެ. ސިފައިންގެ ބަޑި މުބާރާތްތަކުން ފަޚުރުވެރި އެތައް ވަނަތަކެއް ހާސިލުކުރައްވައި، އަދި އެ މުބާރާތުން އެއްވަނަ ވެސް ހާސިލުކުރައްވާފައިވާ ހަތިޔާރަށް އަހުލުވެރި، މޮޅު ބަޑިޖެހުންތެރިއެކެވެ. ދިވެހި ދައުލަތަށް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދިވެހި ދައުލަތުން އަރުވާ، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 2021 ވަނަ އަހަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް ވަނީ ހާސިލުކުރައްވާފައެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފްގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭނެ ޒުވާނުންނަށް ވެސް ދައްކުއިދެއްވި ވަރަށް ރީތި މިސާލެކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރި ހަޔާތެއް މިންވަރު ކުރައްވާށިއެވެ.