ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު، ސާރވިސް ނަންބަރު 873، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1984 ވަނަ އަހަރު މޭ މަހުގެ 09 ވަނަ ދުވަހު، ލާންސް ކޯޕްރަލް ރޭންކުގައެވެ. އެ ދުވަހުން ފެށިގެން 34 އަހަރާއި 07 މަހާއި 03 ދުވަހުގެ ދިގުމުއްދަތެއްގައި ވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ސިފައިންގެ ތަފާތު ގިނަ އިސް މަޤާމުތައް ފުރުއްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު ވަނީ 2015 ފެބުރުވަރީ 9 އަކުން، 2018 ޑިސެންބަރު 11 ވަނަ ދުވަހަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރައްވާފައިވާފައެވެ.

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު ވަނީ ރާއްޖެއާއި ރާއްޖެއިންބޭރުން ތަފާތު ގިނަ ކޯސްތައް ފުރިހަމަ ކުރައްވައި، ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯއްދަވާފައެވެ. މިގޮތުން ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑެމީ ސޭންޑްހާސްޓުން ފުރިހަމަކުރެއްވި އޮފިސަރ ކެޑޭޓް ކޯހާއި، އިނގިރޭސިވިލާތުން ފުރިހަމަކުރެއްވި އެއެރޯ ޓެކްނިކަލް އިންޖިނިއަރިންގ ކޯހާއި، އެމެރިކާއިން ފުރިހަމަކުރެއްވި އިނގްލިޝް ލޭންގްއޭޖް އިންސްޓްރެކްޓަރ ކޯހާއި، އިންފެންޓްރީ އޮފިސަރސް އެޑްވާންސް ކޯހާއި، ޕާކިސްތާނުން ފުރިހަމަކުރެއްވި ކޮމާންޑް އެންޑް ސްޓާފް ކޮލެޖް ކޯހާއި، އެމެރިކާ އިން ފުރިހަމަކުރެއްވި އޭޝިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒް އެގްޒެކެޓިވް ކޯހާއި، އެމެރިކާގެ ދަ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ފުރިހަމަކުރެއްވި އިންޓަނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ފެލޯސް ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ވަރަށް ގިނަ އަދަދެއްގެ ސެމިނަރ ތަކާއި ކޮންފަރެންސް ތަކުގައި ވެސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސިފައިންގެ ޚިދުމަތުގައި ހުންނަވައި، ހޯއްދަވާފައިވާ ތަޢުލީމާއި ތަމްރީނުގެ ބޭނުން ހިއްޕަވައިގެން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު ވަނީ ކޮމާންޑް އަދި ސްޓާފް މުހިންމު މަޤާމްތަކެއް ފުރުއްވާފައެވެ. މިގޮތުން ސްޕެޝަލް އެސެސްމެންޓް ޔުނިޓްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސީ. ސެކްޝަނުގެ އެގްޒެކެޓިވް އޮފިސަރުގެ މަޤާމާއި، ރީޖަނަލް ހެޑްކްއޯޓާރޒް ހުޅުލޭގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އޯޑްނަންސް ސާރވިސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ސަޕޯޓް ބެޓޭލިއަން 2ގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި، އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް މަޤާމާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރުގެ މަޤާމާއި، އިންޓެލިޖެންސްގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމާއި، އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓްގެ މަޤާމާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، އޯޑްނަންސް ސާރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ރައީސް ކަމުގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން ސިފައިންގޭގެ ވަރަށް ގިނަ ބޯޑުތަކާއި ކޮމެޓީތަކުގައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭގެތެރެއިން ޚާއްޞަ ގޮތެއްގައި ގިނަ ދުވަސްތަކެއް ވަންދެން އެމްއެންޑީއެފް ލަފާދޭ މަޖިލިސްގެ މެންބަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކާއި، އެމްއެންޑީއެފް ލަފާދޭ މަޖިލިހާއި ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަންގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކާއި، ސިފައިންގެ ވެލްފެއަރ ފަންޑުގެ ގަވަރނިންގ ބޯޑުގައި މެންބަރެއްގެ ގޮތުގައާއި، ވައިސް ޗެއަރމަނެއްގެ ގޮތުން އަދި ޗެއަރމަނެއްގެ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރެވެއެވެ.

ޚިދުމަތުގެ ސައިޓޭޝަން[އުނިއިތުރު ގެންނަވާ]

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1984 މޭ 9 ވަނަ ދުވަހުއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއްގެ ވަނީ ފުރުއްވާފައެވެ. އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަޤާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފާހަގަ ކުރެވެއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު ދިވެހި އަސްކަރިއްޔާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވީ 2015 ފެބުރުވަރީ 9 އަކުން، 2018 ޑިސެންބަރު 11 ވަނަ ދުވަހަށެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު ވަނީ 34 އަހަރާއި 7 މަހާއި 2 ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު ވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރުޓީގެ ބައެއް މަޤާމުތަކާއި ޑިފެންސް އިންޓެލިޖެންސްގެ ދާއިރާއިން ތަފާތު މަޤާމުތައް ފުރުއްވާފައެވެ. ދިވެހި އަސްކަރިއްޔާގައި ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ޚިދުމަތަކީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ކޮށްދެއްވި އަގުހުރި ޤައުމީ ޚިދުމަތްތަކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދަކީ އެ ދުވަހު ސިފައިންގެ އެތެރޭގައި ހުންނަވައިގެން ހަނގުރާމަ ކުރެއްވުމުގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. ކޮމާންޑް އަދި ސްޓާފް މުހިންމު މަޤާމްތަކެއް ފުރުއްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު ވަނީ އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވައިގެން ވަރަށް އަގުހުރި ޚިދުމަތްތަކެކެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ސިފައިންގެ އިދާރީ ހިންގުން ހަރުދަނާކުރެއްވުމަށާއި، ސިފައިންގެ ޤަވާޢިދުތައް އިތުރަށް ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު މަސައްކަތް ކުރައްވާފައިވާ ރޭންކުތަކުގެ ތެރޭގައި ލާންސްކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 2، ވޮރަންޓް އޮފިސަރ ގްރޭޑް 1 ހިމެނެއެވެ. އަދި ކަމިޝަންޑް އޮފިސަރެއްގެ ގޮތުގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކު ހިމެނޭއިރު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ ބްރިގޭޑިއަރ ޖެނެރަލް ރޭންކުގައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު އަސްކަރިއްޔާގައި އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތާއި ދެއްކެވި މަތިވެރި އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 ކުލަ އާއި 9 މެޑެލި ލިބިވަޑައިގެންފައިވެއެވެ. ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ދިވެހި އަސްކަރިއްޔާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 11 ޑިސެންބަރު 2018 ގައެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދަކީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމަށް ފަހުގައި ވެސް ދިވެހި އަސްކަރިއްޔާ ފަޚުރުވެރިވާފަދަ ހަރުދަނާ އަސްކަރީ އަޚްލާޤެއްގެ މަތީގައި ސާބިތުވެ ހުންނެވި ނަމޫނާ ޝަޚްސިއްޔަތެކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދަކީ ސިފައިންނަށާއި ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ހުރިހާ ބޭފުޅުންނަށް ވެސް ހުރި އައުލާ ރިވެތި މިސާލެކެވެ.



ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދުގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، 1988 ނޮވެންބަރު 03 ގެ ޢުދުވާނީ ޙަމަލާގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒު ދިފާޢުކުރެއްވުމަށް ސިފައިންގެ އެތެރޭގައި ހުންނަވައި ކުރެއްވި ހިތްވަރުގަދަ ޖިހާދު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން 2003 ސެޕްޓެންބަރު 19 އަދި 20 ވަނަ ދުވަހުގައި މާފުށީ ޖަލުގައި ހިނގި ހާދިސާއާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނާއި، 2004 ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއާއި، 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ހާދިސާއާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޮޕަރޭޝަންގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު ކުރައްވާފައިވާ މަސައްކަތްތަކީ ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައިވާ ޤައުމީ އަގުހުރި ޚިދުމަތްތަކެކެވެ.  

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު މަސައްކަތް ކުރައްވާފައިވާ ރޭންކުތަކުގެ ތެރޭގައި ލާންސްކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 2، ވޮރަންޓް އޮފިސަރ ގްރޭޑް 1 ހިމެނެއެވެ. އަދި ކަމިޝަންޑް އޮފިސަރެއްގެ ގޮތުގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކު ހިމެނޭއިރު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ ބްރިގޭޑިއަރ ޖެނެރަލް ރޭންކުގައެވެ.

އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއިއެކު ކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާންގެ ގޮތުގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދަށް 09 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލި ތަކަކީ ތިނެއް ނޮވެންބަރުގެ މެޑެލި، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، ސައްތައިގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި އަދި 17 ވަނަ ސާކު ސަމިޓް މެޑެއްޔެވެ. ލިބިވަޑައިގެންފައިވާ ކުލަ ތަކަކީ ޚާއްޞަ ޚިދުމަތުގެ ކުލަ އެއްވަނަ ފަހަރަށް، ޚާއްޞަ ޚިދުމަތުގެ ކުލަ ދެވަނަ ފަހަރަށް، ހުނަރުވެރިކަމުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަޚްލާޤީ ކުލަ 1 ވަނަ ފަހަރަށް، އަޚްލާޤީ ކުލަ 2 ވަނަ ފަހަރަށް، ހިތްވަރު ގަދަކަމުގެ ކުލަ އެއްވަނަ ފަހަރަށް އަދި ކާމިޔާބުގެ ކުލަ އެއްވަނަ ފަހަރަށެވެ.

އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވައިގެން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު ކުރައްވާފައިވަނީ ވަރަށް އަގުހުރި ޚިދުމަތްތަކެކެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ސިފައިންގެ އިދާރީ ހިންގުން ހަރުދަނާކުރެއްވުމަށާއި، ސިފައިންގެ ޤަވާޢިދުތައް އިތުރަށް ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން، ސިފައިން ކޮށްފައިވާ ބޮޑެތި ޚާއްޞަ މަސައްކަތްތަކުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިރުޝާދާއެކު ކުރައްވާފައިވާ މުހިންމު މަސައްކަތްތަކެވެ. މިގޮތުން ރަސްރަނި ބަގީޗާގެ މަސައްކަތާއި، ކަޅުތުއްކަލާކޮށީ ފެހި މައިދާން ތައްޔާރުކުރުމުގެ މަސައްކަތާއި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ ހުވާ ކުރެއްވި ދަރުބާރު ތައްޔާރުކުރުމަށް ވަރަށް ކުރު މުއްދަތެއްގައި ސިފައިން ކުރި ބުރަ މަސައްކަތް ވަރަށް ގާތުން ބައްލަވައި ކާމިޔާބުކަމާއެކު ނިންމާލުމުގައި އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރެވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދުގެ ސިފައިންގެ ޚިދުމަތުގެ 34 އަހަރުގެ ޙަޔާތުގައި ކުރައްވާފައިވާ ހުރިހާ ޚިދުމަތްތަކަކަށް މިފަދަ ރިޕޯޓެއްގައި ބަލާލުމަކީ ވެވޭނެ ކަމެއްނޫނެވެ. ވުމާއެކު އެކަމަށް މަޢާފަށް އެދެމުން، ވޭތުވެދިޔަ ދިގު މުއްދަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ކޮށްދެއްވާފައިވާ މަތިވެރި ޚިދުމަތްތައް އައްސަރިބަހާއި ސާބަސް ދަންނަވަމެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު، ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ 2018 ޑިސެންބަރު 11 ވަނަ ދުވަހުއެވެ.