ބޯވެލި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބޯވެލި

ބޯވެލި(ސައިންޓިފިކް ނަން: Spinacia oleracea)ނުވަތަ (އިނގިރޭސި ބަހުން: Spinach)އަކީ ކާން ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ. މިއީ ދަނބުކުލައިގެ އޮށެއްއަޅާ ފަތްބޯކޮށް ހުންނަވެލެކެވެ. ބޯވެލި ފަތް ހެދެނީ އާންމުގޮތެއްގައި 30 ސެންޓި މީޓަރުގެ އުސްމިނަށެވެ. މިއީ މެދުތެރޭ އަދި ދެކުނު އޭޝިޔާ ގެ ގައުމުތަކުގައި ހެދޭކަމަށް ފާހަގަ ކުރެވިފައިވާ ފަތްޕިލާ ވެލީގެ ބާވަތެކެވެ. ދިވެހިން މިފަތް ކައިވެސް އުޅެއެވެ. ބޯވެލީގެ ފަތުގެ ސައިޒު ހުންނަނީ އެކިވަރަށެވެ. އަދި ފަތުގެ ބައްޓަން ވެސް ހުންނަނީ ކުކުޅު ބިސް ބުރަށެވެ. ނުވަތަ ތިނެސްކަނަށް ވާގޮތަށެވެ. ބޯވެލި ފަތް ގަހުގައި އަޅާ މާ ހުންނަނީ ފެހި ރީނދޫ ކުލައެއްގައެވެ. އަދި މަލުގެ ބޮޑުމިނުގައި ހުންނަނީ 4-3 މިލިމީޓަރު ވަރެވެ.