ބޮލުން އިސްތަށި ފޭބުން
ބޮލުން އިސްތަށި ފޭބުން(އިނގިރޭސި ބަހުން: Hair loss) އަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އުދަގުލެކެވެ. ބައެއް ފަހަރު މިއީ އާއިލީ ނުވަތަ ވިރާސީ ކަމަކަށް ވެއެވެ. އަނެއް ބައި ފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ސަބަބުން އިސްތަށި ފައިބާގޮތް ވެއެވެ. އަދި ތިމާ ދިރިއުޅޭ މާހައުލުގައި ހުންނަ ކަމެއްގެ ސަބަބުން ވެސް ބޮލުން އިސްތަށި ފައިބާގޮތް ވެދާނެއެވެ. އަދި އެހެން ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ވެސް އިސްތަށި ފައިބާގޮތް ވެއެވެ.
ސަބަބުތައް
[އުނިއިތުރު ގެންނަވާ]ބޭހުގެ ސަބަބުން އިސްތަށިފޭބުން
[އުނިއިތުރު ގެންނަވާ]އިފްލޫވިއަމް
[އުނިއިތުރު ގެންނަވާ]ތަލަވުން
[އުނިއިތުރު ގެންނަވާ]ސްކަރިންގ އެލޯޕީޝިއާ
[އުނިއިތުރު ގެންނަވާ]އުފެދުމުގައި އިސްތަށި ފަޅާފައި ހުރި މިންވަރު މަދުވުން
[އުނިއިތުރު ގެންނަވާ]އިންފެކްޝަން އަށަގަތުން
[އުނިއިތުރު ގެންނަވާ]ބައެއް ކަހަލަ އިންފެކްޝަން އަށް ހުށަހެޅުމުގެ ސަބަބުން ވެސް ބޮލުން އިސްތަށި ފޭބުން މެދުވެރި ކުރުވައެވެ. ބޮލުން އިސްތަށި ފޭބުން މެދުވެރިކުރުވާ ބައެއް ޢާންމު އިންފެކްޝަން ތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.
ދަދު
[އުނިއިތުރު ގެންނަވާ]ދަދު ނުވަތަ ރިންގްވާރމް އަކީ ފަންގަސް ގެ ސަބަބުން ހަންގަނޑަށްޖެހޭ ބައްޔެކެވެ. ހަށިގަނޑުގެ ކޮންމެ ހިސާބަކަށް ވެސް މިބަލި ޖެހިދާނެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއިން ބޮލުގެ ނާށިގަނޑުގެ ހަންގަނޑުގައި މިބަލި އަށަގަނެއްޖެނަމަ ޕެޗެއްގެ ސިފަޔަށް ބޮލުން އިސްތަށި ފޭބުން މެދުވެރި ކުރުވައެވެ. މިބަލީގެ ސަބަބުން ފަންގަސްގެ އަސަރު ކޮށްފައިވާ ހިސާބުތަކުގެ އިސްތަށިތައް ދެރަވެ، ބިނދި ބުރިބުރިވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިތައް ފައިބައި އެހިސާބު ތަލަވާގޮތް ވެއެވެ.
ދަދު އަކީ ގައިން ގަޔަށް އަރާ ހަމުގެ ބައްޔެކެވެ. ބައެއް ފަހަރު ގެންގުޅޭ ބުޅާ ފަދަ ޖަނަވާރެއްގެ ކިބައިންވެސް އިންސާނުންގެ ގަޔަށް ދަދު ޖައްސާ ފަންގަސް ވާޞިލްވެދާނެއެވެ. ދަދު ޖެހިފައިވާ މީހަކާއި ސަލާމަތުން ހުރި މީހެއްގެ ހަންގަނޑު ހުރަހަކާ ނުލާ ބީހެއްޖެނަމަ ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ދަދު ޖައްސާ ފންގަސް ވާޞިލްވުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ދަދުޖެހިފައިވާ މީހާ ބޭނުންކުރާ ބުރުސް، ތުވާލި، ފުނާ، އަންނައުނު ފަދަ ތަކެތިން ވެސް ސަލާމަތުން ހުރި މީހާގެ ގަޔަށް ބަލި އަރައި ފާނެއެވެ.
ތަފާތު އެތައް ވައްތަރެއްގެ ފަންގަސް ގެ ސަބަބުން ދަދު ޖެހޭގޮތް ވެއެވެ. އެހެންކަމުން ދަދު އަށް ދެވޭ ފަރުވާ ބިނާވެފައި އޮންނަނީ ދަދު ޖެހެން މެދުވެރިވި ފަންގަސް އަކާއި ގުޅޭގޮތުންނެވެ. އާންމު ގޮތެއްގައި ބޭނުންކުރެވެނީ ފަންގަސް އާއި ދެކޮޅަށް އުފައްދާފައި ހުންނަ ބޭސްތަކެވެ.
އިސްތަށީގެ ބުޑު ދުޅަވުން
[އުނިއިތުރު ގެންނަވާ]އިސްތަށީގެ ބުޑު ދުޅަވުން އަކީ ބެކްޓީރިޔާ އެއްގެ ސަބަބުން ޖެހޭ އިންފެކްޝަން އެކެވެ. އިސްތަށީގެ ބުޑު ދުޅަވެ ރަގަޅުނުވެ، ގިނަ ދުވަސް ވެއްޖެނަމަ، ބައެއް ފަހަރު އިންފެކްޝަން ޖެހިފައިވާ ހިސާބުގައި ހުރި އިސްތަށިތައް ފައިބާގޮތް ވެދާނެއެވެ. އެންމެ އާންމު ގޮތެއްގައި އިސްތަށީގެ ބުޑު ދުޅަވުން ކުރިމަތިވަނީ ސްޓެފައިލޯކޮކަސް ޔޫރިއަސް ކިޔާ ޖަރާސީމެއްގެ ސަބަބުންނެވެ. އަދި ބައެއް އެހެން ބެކްޓީރިޔާ ތަކުގެ ސަބަބުން ވެސް މިބަލި ޖެހިދާނެއެވެ. އާދައިގެ ވަރަކަށް އިސްތަށީގެ ބުޑު ދުޅަވުން ކުރިމަތިވުމުން އުގުޅާ ބޭހުގެ ގޮތުގައި އެންޓިބަޔޮޓިކް ބޭނުންކުރެވެއެވެ. ނުރައްކާތެރި ހާލަތުގައި ގުޅަ ބޭހުގެ ގޮތުގައި އެންޓިބަޔޮޓިކް ބޭނުން ކުރެވެއެވެ.
ޕީޑްރާ
[އުނިއިތުރު ގެންނަވާ]ޕީޑްރާ ގެ މާނައަކީ އިސްތަށީގެ ފައިބަރު ފަންގަސް އާއި ތަޣައްޔަރުވެ، އޭގައި ހަރުގޮށެއް ކަހަލަ އެއްޗެއް އުފެދުމެވެ. ޕީޑްރާ އަކީ ސްޕޭން ބަހުން ހިލަ އަށް ކިޔާ ނަމެކެވެ. ޕީޑްރާ ގެ ދެވައްތަރެއް ހުރެއެވެ. އެއީ ޕީޑްރައާ ހޯޓީ ކިޔާ ވައްތަރަކުން ޖެހޭ ކަޅު ޕީޑްރާ، އަދި ޓްރައިކޮސްޕޯރޯން ބީޖެލީ ކިޔާ ފަންގަސް އަކުން ހުދު ޕީޑްރާ އެވެ. ކަޅު ޕީޑްރާ އާންމުކޮށް ފެންނަނީ ހޫނު ގަދަ ހިސާބުތަކުންނެވެ. ހަށިގަނޑުގެ އިތުރުން ބޯ އަދި ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް ވެސް މި ބަލި ޖެހިދާނެއެވެ.