Jump to content

ބުރެކި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބުރެކި

ބުރެކި(ސައިންޓިފިކް ނަން: Lepidozygus tapeinosoma)ނުވަތަ (އިނގިރޭސި ބަހުން: Fusilier damselfish) އަކީ ދިވެހި ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ ދިރޭ އެމުގެ ތެރޭގައި ޚާއްޞަ ކަމެއް ދެވިފައިވާ މަހެކެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ މިއީ ބޭނުންކުރާ ހުރިހާ އެމުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގަދަ އެންކަމަށްވާތީ އެވެ. އެންވަތުގައި ގިނައިރު މަރުނުވެތިބޭ އެމަކަށްވާތީ އެވެ. މިރާއްޖޭގެ ގިނަ ފަރުފަރުގައި މިއެން ގިނަ އަދަދަކަށް ދިރިއުޅެއެވެ. އަދި އެންއަރާ މޫސުމްގައި ގިނައިން އަރާ އެމެކެވެ.

ބުރަތްކަކީ ދިގުކޮށް ބޯކޮޅަށް ވަށްކޮށް ހުންނަ މަހެކެވެ. މަހުގެ ނިގޫ ވަރަށް ބޮޑަށް ކަފިވެފައި ހުރެއެވެ. އަދި ނިގޫކޮޅު ހިމަވެގެން ގޮސް ނަރުވާ އަކަށް ބަދަލުވެފައި ހުރެއެވެ. މަހުގެ ކަންފަތްގަނޑު ބޮލަށްވުރެ ކުޑަތަންކޮޅެއް ކުރުވާނެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ފެހިކުލައަކަށްދާ ދަނބު ކުލައެކެވެ. ބަނޑުދަށް ފަރާތާއި އަރިމަތީގައި މިކުލަ ފަނޑުކޮށް ހުރެއެވެ. މަހުގެ މަތީ ކޮތަރިބަޔާއި ތިރީ ކޮތަރިބައިގައި ވަރަށް ހިމަކޮށް އޮރެންޖް ކުލައިގެ ރޮނގުތަކެއް ދެމިފައި ހުރެއެވެ.