Jump to content

ބުރުސިއްލޯސިސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބުރުސިއްލޯސިސް (އިނގިރޭސި ބަހުން: Brucellosis)އަކީ ބައެއްކަހަލަ ޖަނަވާރުގެ ހަށިގަނޑުގައި ދިރިއުޅޭ ބުރުސިއްލާ ކިޔާ ބެކްޓީރިޔާ އެއްގެ ވައްތަރުތަކަކުން ޖެހޭ ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލި ޖައްސާ ޖަރާސީމް ހުންނަނީ ކަންބަޅި، ބަކަރި، ޖަމަލު، ގެރި، އަދި އޫރު ފަދަ ތަކެތީގެ ކިރު، ކުޑަކަމު ނަޖިސް، ލޭ، މަސް އަދި ޖިންސީ ގުނަވަނުން ބޭރުވާ ދިޔައިގެ ތެރޭގައެވެ. ބުރުސިއްލޯސިސް ޖެހެނީ ބަލި ޖައްސާ ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާނާ، ނުވަތަ ބުއިން ބޭނުންކުރުމުގެ ސަބަބުންނެވެ. ތަފާތު 3 ވައްތަރެއްގެ ބުރުސިއްލާގެ ސަބަބުން މިބަލި ޖެހެއެވެ. އެ 3 ވައްތަރަކީ ބުރުސިއްލާ މެލިޓެންސިސް، ބުރުސިއްލާ އެބޯޓަސް، ބުރުސިއްލާ ސުއިޒް އެވެ. ބުރުސިއްލޯސިސް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، ގަދަޔަށް ހުންއައުން، މަސްތަކުގައި ރިހުން، ހުޅުތަކުގައި ރިހުން، ހުންކޮށި ބޮޑުވުން، ގޮށްލުން ފަދަ ކަންތައްތައް ހިމެނެއެވެ.