ބުރުގާ
ބުރުގާއއަކީ، މުސްލިމް އަންހެނުންގެ ހެދުމުގެ އެންމެ މުހިއްމު އެއްބައި ކަމުގައި ހިމެނޭ އެއްޗެކެވެ. ބުރުގާގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއިން ކޮންމެ ވައްތަރަކަށް ވެސް ޢާއްމުކޮށް ދިވެހިބަހުން ކިޔަނީ ބުރުގާއެވެ. ނަމަވެސް އެހެން ގައުމުތަކުގައި ބުރުގާގެ ތަފާތު ވައްތަރުތަކަށް ތަފާތު ނަން ދެވިފައިހުރެއެވެ. ހަށިގަނޑު ނިވާ ކުރެވޭ ވަރަށް ބަލާފައި ބުރުގާ ބެހެނީ 3 ބަޔަކަށެވެ.
ޙިޖާބު
[އުނިއިތުރު ގެންނަވާ]ޙިޖާބު މިބަހަކީ ޢަރަބި ބަހުން އައިސްފައިވާ ބަހެކެވެ. މި ނަން ޢާއްމު ގޮތެއްގައި ބޭނުން ކުރެވެނީ ބޮލުގައި އަޅާ ނުވަތަ އައްސާ ރުމާލާއި ސްކާފަށް ނިސްބަތްކޮށެވެ. މިސްކާފަކީ މުސްލިމް އަންހެނުން އެކަނބަލުންގެ ދީނުގައި އަންގަވާފައިވާތީ އާއި އަންހެން ބަންތަ ކަމުގެ ނިޝާނެއްގެ ގޮތުން ބޭުނުން ކުރާ އެއްޗެކެވެ. މީގެތެރެއިން އެންމެ މަޝްހޫރު ވައްތަރަކީ ބޮލާއި ކަރު ނިވާކޮށް އަދި މޫނު ހާމަޔަށް ހުންނަ ގޮތަށް އަޅާ ތިނެސްކަން ބުރުގާއެވެ. މި ބުރުގާ އަޅާފައި ހުންނައިރު ފަހަތް ހުންނާނީ ތިނެސްކަނަށެވެ. މިއިން ބޮލާއި ކަރު ނިވާވެފައި މޫނު ހުންނާނީ ހާމައަށެވެ. ޙިޖާބުގެ ތަފާތު 4 ވައްތަރެއް މަޝްހޫރުވެފައި ވެއެވެ.
އަލް-އަމީރާ
[އުނިއިތުރު ގެންނަވާ]އަލްއަމީރާ އަކީ ބޮލުގައި ފޮތިކޮޅެއް އައްސާފައި އެ ފޮތިކޮޅުގެ އެއްބައި ފެންނަގޮތަށް ބޮލުގެ މެދާ ހަމައިން އަޅާފައި ހުންނަ ބުރުގާއެވެ.
ޝައިލާ
[އުނިއިތުރު ގެންނަވާ]ޝައިލާއަކީ ހަތަރެސްކަނަށް ހުންނަ ބުރުގާފޮތިން ބޮލުގެ ވަށައިގެން އެއްފަހަރަށް ވުރެ ގިނަފަހަރު އޮޅާފައި ކޮނޑާ ހަމައިން ކޮނޑުގައި ހަރުކޮށްފައި ހުންނަ ބުރުގާއެވެ. ބައެއް މީހުން ޝައިލާ އަޅާއިރު އެންމެ ފަހުބައި ހަރުކުރަނީ އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅީގެ މައްޗަށް ވާގޮތަށެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރުވަމުން އަންނަ ޝޯލްއަކީ ވެސް ޝައިލާގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ޝައިލާ އެންމެ ގިނައިން ބޭނުން ކުރަނީ ގަލްފުގެ ގައުމުތަކުގެ އަންހެނުންނާއި މުސްލިމް ނަރުހުންނެވެ.
ޚިމާރު
[އުނިއިތުރު ގެންނަވާ]ޚިމާރަކީ ހުރިހާ ފަރާތަކުން އެއްވަރަށް އުނަގަނޑާއި ހަމަޔަށް އަޅާ ބޮޑު ބުރުގާއެވެ. މިވައްތަރުގެ ބުރުގާއިން އިސްތަށިގަނޑާއި ކަރާއި ކޮނޑާއި މޭމަތި ރީތިކޮށް ނިވާކުރެވެއެވެ.
ޖިލްބާބު
[އުނިއިތުރު ގެންނަވާ]ޖިލްބާބު(ޗާދަރު) މިއީ ބޮލުގެ މަތިން ވައްޓާލެވޭ ބުރުގާއެކެވެ. ފަޔާ ހަމަޔަށް އަންނަ ވަރަށް ދިގުކޮށް ހުންނަ މިބުރުގާގެ ދަށުން ކުޑަފޮތިކޮޅެއް ބޮލުގައި އައްސަން ބޭނުން ކުރެއެވެ. އަދި އިތުރު ފޮތިކޮޅަކުން މޫނު ނިވާ ކުރެއެވެ. ބައެއް މީހުން މޫނު ނިވާނުކޮސް ވެސް ތިބޭމެއެވެ.
ނިޤާބު
[އުނިއިތުރު ގެންނަވާ]ނިޤާބަކީ ދެލޯފިޔަވައި އެހެން ހުރިހާ ތަނެއް ނިވާ ވާގޮތަށް އަޅާ ބޮޑު ބުރުގާއެކެވެ. ނިޤާބު އެޅުމަށްޓަކައި ގިނަ ފަހަރަށް ބޮޑު ޙިޖާބެއް ބޭނުން ކުރުމަށް ފަހު މޫނު މަތީގައި ލޮލުގެ ތިރިން އަޅާލެވޭ ފޮތިކޮޅަކުން ނޭފަތާއި އަނގަ ނިވާކުރެއެވެ.
އަޞްލު ބުރުޤާ
[އުނިއިތުރު ގެންނަވާ]އަޞްލު ބުރުޤާއަކީ ހުރިހާ ގުނަވަންތަކެއް ނިވާކޮށްދޭ ބުރުގާއެކެވެ. ލޮލާއި ދިމާލަށްވާ ގޮތަށް ދާޖެހި ފޮތިކޮޅެއް ނުވަތަ ތުނި ފޮތިކޮޅެއް ބޭނުން ކުރެވޭއިރު މުޅި ހަށިގަނޑު ހުންނާނީ ފޮރުވިފައެވެ.