ބުރަދަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ބުރަދަ

ބުރަދަ (ސައިންޓިފިކް ނަން: Abudefduf sordidus)ނުވަތަ (އިނގިރޭސި ބަހުން: Grey banded sergeant mjor ) އަކީ ރާއްޖޭގައި ވަރަށް އާންމު ބާވަތެކެވެ. މިބާވަތް ގިނައިން އުޅެނީ މަޑުހެދިފައި ހުންނަ ގާގަލުގެ ކައިރީގައްޔާއި، ފަޅުބޭރު ތޮށިގަނޑުގެ ކައިރީގައި ބައިބަޔަށެވެ. ކުޑަކުދިން މަޖަލަކަށް މިމަސް ހިފައި އުޅެއެވެ.

ބުރަދަ އަކީ ކުޑަ ސައިޒެއްގެ މަހެކެވެ. މަހުގެ ކޯތާފަތް މަތީގައި 3 ބަރިއަކަށް ހުޅުނބު ހުރެއެވެ. އަދި ކޯތާފަތްގަނޑާއި، ދިމާއިން ބަނޑުދޮށް ފަރާތުގައި ހުންނަ ކޮތަރީގެ ދިގުމިން މަހުގެ ކަންފަތް ގަނޑާއި އެއްވަރެވެ. މަހުގެ މަތީބައިގެ ކުލައަކީ މުށި ކުލައެވެ. ބަނޑުދޮށުގެ ކުލަ ފަނޑެވެ. މަހުގެ ހުރަހަށް ރީނދޫ ކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގައި މަތީބައިގެ ކޮތަރިބައި ނިމޭ ހިސާބުގައި ކަޅުލަފެއް ހުރެއެވެ. އަދި ކަންފަތް ގަނޑު ފަޅާފައިވާ ހިސާބުގައި ވެސް ކަޅު ލަފެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކުލައަކީ މުށިކުލައެވެ.