ބާބިލްގެ ބަގީޗާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އެލިފައިވާ ބަގީޗާގެ ނަމުން ނަންދެވިފައިވާ މިބަގީޗާ އަކީ ވެސް ޒަމާންވީ އަޖައިބުތަކުގެ ތެރޭގައި ގުނޭ ތަނެކެވެ. މިބަގީޗާ އޮންނަނީ އިރާގުގެ ވެރިރަށް ބަޣުދާދު ގެ 50 ކިލޯ މީޓަރު ދެކުނުން ފުރާތު ކޯރުގެ އައްސޭރީގައެވެ.

މީގެ 4 ހާސް އަހަރު ކުރިން ދުނިޔޭގައި އޮތް އެންމެ ބާރު ގަދަ ނުވަތަ އެންމެ ބޮޑު ރަސްކަމުގެ ފުރަތަމަ ވެރިރަށް ކަމުގައި ކަނޑައެޅިފައިވަނީ ބާބިލް އެވެ. އާޝޫރީން އަތުން ބަލިވެ، ބާބިލް އާޝޫރިންގެ ދަށަށް ދިއުމުން، ބާބިލްގެ ދެކުނުގެ ވެރިޔާ ފާރިސީންގެ ވެރިޔާއާއި އެއްބައިވެ، ދެބައިމީޙުން ގުޅީގެން އާޝޫރިން ބަލި ކުރެއްވި އެވެ. އެއަށްފަހު ބާބިލްގެ ދެކުނުގެ ވެރިއަކަށް ހުންނެވި ނަބޯ ޕޮލަސާރު، ބާބިލްގެ ވެރިއަކަށް އިސްކުރެވުނެވެ.