ބަލާޠުއްޝުހަދާއު ހަނގުރާމަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މިހަގުރާމަ ހިގީ ޚަލީފާ ހިޝާމް ބިން ޢަބުދުލް މަލިކްގެ ވެރިކަމުގައި ހިޖުރައިން 114ވަނަ އަހަރުގައި ފްރާންސްގެ ދެކުނުގައި އޮންނަ ޕުއޭޓިޔޭ ކިޔާ ރަށެއްގައެވެ. ހަގުރާމައިގެ މުސްލިމުންގެ ވެރިއަކަށް ހުންނެވީ ޢަބުދުއް ރަޙުމާން އަލްޣާފިޤީ އެވެ. ފްރާންސަށް ވެރިވެގެން ތިބި ފަރަންޖާއިން ގެ ވެރިއަކަށް ހުންނެވީ ޝާލް މާރޓަލް އެވެ.

ޢަބުދުއް ރަޙުމާން އަލްޣާފިޤީ އަށް ފްރާންސްގައި ލިބެމުން ދިޔަ ނަޞްރުގެ ސަބަބުން ފްރާންސާއި ޔޫރަޕުގައި ތިބި ކްރިސްޓިއަނުންގެ ހިތުގައި ޔޫރަޕުން ކްރިސްޓިއަނިޓީ ފުހެވިގެން ހިގައިދާނެ ކަމުގެ ބިރު ހީވިއެވެ. އެހެން ކަމުން ޝާލް މާރޓަލްގެ ބެލެހެއްޓުމުގެ ދަށުން ފަރަންޖާއިން ލަޝްކަރެއް ތައްޔާރުކޮށް މުސްލިމުންނާއި ދެކޮޅަށް ހަގުރާމަ އަށް ނިކުތެވެ.

ހަގުރާމަ ފެށުމަށްފަހު ދެބައިމީހުންގެ ދެމެދުގައި ވަރަށް ވަރުގަދައަށް ހަގުރާމަ ހިނގިއެވެ. ހަގުރާމައިގެ މެދެއްހާ ހިސާބުން 70,000 ހާސް އެކުލެވޭ މުސްލިމުންގެ ލަޝްކަރު ވެރިއަކަށް ހުންނެވި ޢަބުދުއް ރަޙުމާން އަލްޣާފިޤީ ޝަހީދުވެގެން ވެއްޓިވަޑައިގަތެވެ. އެއަށްފަހު މުސްލިމުންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވެގެން ވެއްޓުނެވެ. މިހަގުރާމައަށް ބަލާޠު އައްޝުހަދާއު އޭ ކިޔެނީ އެތައްބަޔަކު ޝަހީދުވެ ދިއުމުންނެވެ.( ބަލާޠު: މިބަހުގެ މާނައަކީ ތަޅުންގަނޑުގައި އަޅާ ބާވަތެއްގެ ހިލަ ނުވަތަ މުއްޓެކެވެ. ބަލާޠު އައްޝުހަދާއު އޭ ކިޔެނީ އެތައް ބަޔަކު ޝަހީދުވެ ބިންމަތި އެމީހުންގެ ހަށިތަކުން ފޮރުވި ދިޔުމުންނެވެ. ) އެހެން ކަމުން މިހަގުރާމައިގައި ކާމިޔާބު ލިބުނީ ފަރަންޖާއިންނަށެވެ. ބުނެވޭގޮތުގައި މިހަގުރާމައިގައި މުސްލިމުން ބަލިވި ސަބަބަކީ ހަގުރާމައިގެ މައިދާން ދޫކޮށް ޣަނީމާ މުދާތައް ހޯދުމަށް މުސްލިމުންގެ ތެރެއިން ބަޔަކު ދިއުމުންނެވެ.