ބަރޮސް ބަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބަރޮސް ބަލި (އިނގިރޭސި ބަހުން: vitiligo)އަކީ ހަމުގައި ހުދުކުލަ ޖެހުމަށްފަހު، ފިތްގަނޑެއްހެންބޯވެ، ކަހައި، ފެންފައިބާ ބައްޔެކެވެ. މިބަލީގައި ގައިގެ ތަންތަން ހުދުވާނެއެވެ. މިބައްޔަށް ހުދު ބަލި މިހެން ވެސް ކިޔައެވެ. ހުދު ބައްޔަކީ ހަށިގަނޑުގެ ހަން ހުދުވާ ބައްޔެކެވެ. މިބަލިޖެހުމުން ހަމުގެ އެކި ހިސާބުތަކުގައި ހުދުކުލައިގެ ލައްތަކެއް ޖަހައެވެ. އަދި މިހުދުކުލައިގެ ލައްތައް ހުންނާނީ އާދައިގެ ހަންގަނޑެކޭ އެއްގޮތަކަށެވެ. މިގޮތަށް ހަން ހުދުވަނީ އެހިސާބުގައި ހުންނަ މުށިކުލަ ފިލައިދިއުމުންނެނެވެ. ނުވަތަ އެހިސާބުގައި ހުންނަ މެލަނިން ޕިގްމެންޓްތައް ފިލައި ދިއުމުންނެވެ.

ސަބަބު، މަގުފަހިކުރާ ކަންތައްތައް[އުނިއިތުރު ގެންނަވާ]

ހުދުބަލި ކުރިމަތިވަނީ ދިފާޢީ ނިޒާމުގެ ސެލްތަކުން މެލާނޯސައިޓް އުފައްދާ ސެލްތައް ހަލާކުކޮށްލުމުންނެވެ. ގަބޫލުކުރެވޭގޮތުގައި މިއީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ސެލްތައް އެމީހާގެ އަމިއްލަ ހަށިގަނޑަށް ހަމަލާދިނުމުން ދިމާވާ ގޮތެކެވެ. ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ކޮންމެ އުމުރެއްގައި ވެސް ހުދުބަލީގެ އުނދަގޫތައް ކުރިމަތިވެދާނެ އެވެ. ބައެއް އާއިލާތަކުގެ ތެރޭގައި ހުދުބަލި ކުރިމަތިވުން އާންމުކަން ފާހަގަ ކުރެވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ކޮންމެ 100 މީހުންގެ ތެރެއިން އެކަކަށް ހުދުބަލި ޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ. އޮޓޯއިމިއޫން 3 ބައްޔަކާއެކު ހުދުބަލި ކުރިމަތިވާގޮތް ވެއެވެ.

  • އެޑިސަން ޑިޒީސް
  • ހައިޕަތައިރޮއިޑިޒަމް
  • ޕާނިސަސް އެނީމިޔާ ( ލޭމަދުވުންގެ ވައްތަރެއް )

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ކުއްލިއަކަށް ނުވަތަ ދޭތެރެއަކުން ހަމުގެ ތަންކޮޅެއް ހުދުވެފައި ހުއްޓައި ފެނިދާނެ އެވެ. ހުދުވެފައިވާ ހަމުގެ ވަށައިގެން އަދިރި ބޯޑަރެއް ލެވިފައި އިންނާނެ އެވެ. ރީތިކޮށް ބޭރުކައިރި ފާހަގަވާން ހުރެއެވެ. ހުދުބަލީގެ އަސަރު ބޮޑަށް ކުރަނީ، މޫނު، އުޅަބޮށި، ކަކޫ، އަތްތިލަ، ފައިތިލަ، އަދި ޖިންސީ ގުނަވަން ހިމެނޭ ހިސާބަށެވެ. ކަނާތް ނުވަތަ ވާތް ފަރާތަށް ވެސް ބަލީގެ އަސަރުކުރަނީ އެއް ވަރަކަށެވެ. ހަން ހުދުވުން ފިޔަވައި އިތުރު ބަދަލެއް ނާދެއެވެ. އާންމުކޮށް ކަޅުމީހުންގެ ފުށުން ހުދުބަލި ވަރަށް ފަސޭހައިން ފާހަގަ ކުރެވޭނެ އެވެ.

ޓެސްޓްތައް[އުނިއިތުރު ގެންނަވާ]

  • ވޫޑްލައިޓް ޓެސްޓް:
  • ހަމުން އެތިކޮޅެއްގެ ނަގައިގެން ޓެސްޓްކުރުން
  • ލޭގެ ޓެސްޓް : ތައިރޮއިޑް ހޯރމޯން ހުރި މިންވަރު ބެލުމަށް ހެދޭ ޓެސްޓެކެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

ހުދު ބައްޔަކީ ފަރުވާ ކުރަން އުނދަގޫ ބައްޔެކެވެ.

  • ފޮޓޯތެރަޕީ: ނުވަތަ އަލީގެ ފަރުވާ : މިއީ ހަމަށް އަލްޓްރާ ވައިލެޓް ދޯދި އަޅުވައިގެން ދެވޭ ފަރުވާ އެކެވެ.
  • ހަމުގައި އުގުޅަން ދެވޭ ބޭސްތައް
    • ކޯޓިކޯސްޓީރޮއިޑް އޮއިންޓްމެންޓް ނުވަތަ ކްރީމް
    • އިމިއުނޯސަޕްރެސަންޓް އޮއިންޓްމެންޓް ނުވަތަ ކްރީމް – ޕިމެކްރޯލިމަސް، ޓެކްރޯލިމަސް
    • ޓޮޕިކަލް ޑްރަގްސް: މިތޮކްސަލީން

ހަމުގެ ރަގަޅަށް ހުރި ހިސާބުން ހަން ނަގައިގެން ހުދުވެފައިވަ ހިސާބުގައި ހަން އިންދައި ހެދުމަކީ ވެސް ކުރެވޭ ކަމެކެވެ.