ބަށި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބަށި

ބަށި(ސައިންޓިފިކް ނަން: Solanum melongena)ނުވަތަ (އިނގިރޭސި ބަހުން: eggplant)އަކީ ތަރުކާރީގެ ބާވަތެކެވެ.ބަށީގެ ވަރަށް ގިނަ ބާވަތްތައް ހުރެއެވެ. އޭގެ ތެރޭގައި ދަނބުބަށި، ހުދުބަށި، ދިގުބަށި، އަދި ވަށްބަށި،ރަންގު ބަށި،ކަޅުބަށި، ރީނދޫ ބަށި ފަދަ ވައްތަރުތައް ހިމެނެއެވެ. ބައްޓަކީ އެއިން ތަފާތު ބޭނުންތައް ދިވެހިން ކޮށްއުޅޭއެއްޗެކެވެ. އެގޮތުން ރިހަކައްކައިންނާއި، މަސްމޮޑެގެންނާއި، ތެލުލައިގެން ބަށި ބޭނުންކޮށް އުޅެއެވެ.

ލޭގައި ކޮލެސްޓިރޯލްގެ މިންވަރު މަތިވެފައިވާނަމަ ބަށި ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ސާބިތު ވެފައި ވެއެވެ. ބަށީގައި ޕޮޓޭސިއަމް އަދި ފޮލިކް އެސިޑް އެކުލެވިގެން ވެއެވެ. މީގެ އިތުރުން ކޮލެސްޓިރޯލްގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް ބަށި އެހީތެރި ވެދެއެވެ.