ރުކުރާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރުކުރާ ތައްޓެއް

ރުކުރާ (އިނގިރޭސި ބަހުން: palm toddy) އަކީ ރުކުގެ ޚާއްޞަ ވައްތަރެއްގެ ކުރިގަނޑުން އުފެދޭ އެއްޗެކެވެ. ނުވަތަ ނެގޭ އެއްޗެކެވެ. ރުކުރާ ނަގަނީ ވަކި ޚާއްޞަ ގޮތްތަކެއްގެ މަތިން ކަންތައް ކޮށްގެންނެވެ. ރުކުރާ ނެގުމަށްޓަކައި ރާރުކުގެ މާގަނޑުގައި ރާބަންޖެއް ފަދަ އެއްޗެއް އައްސަން ޖެހެއެވެ. އެއީ އުފެދޭ ރާ އެބަނދީގެ ތެރޭގައި ޖަމާވެފައި ބެހެއްޓުމަށް ޓަކައެވެ. ރުކުރާ އަކީ ދެކުނު އޭޝިޔާގެ ގައުމު ތަކުގައި ވަރަށް އާންމު ބުއިމެކެވެ. ރުކުރާ ރަގަޅީ ތާޒާ ކަންމަތީ ހުއްޓައި ބުއިމެވެ. އެއީ ގިނަ އިރުވެއްޖެ ނަމަ ވަރަށް ފަސޭހައިން ރުކުރާ ނުބައިވާނެތީ އެވެ. ނަމަވެސް އައިސް އަލަމާރީގައި ބަހައްޓައި ފިނިކޮށްގެން ވެސް ބޭނުން ކުރެވިދާނެ އެވެ. ރުކުރާ އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ބުއިމެއް ކަމަށް ފާހަގަ ކުރެވެއެވެ