Jump to content

ރީކޯ މޫސާ މަނިކު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް
މަޤާމުގައި
2014–2019
ރައީސްޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ކުރިން ހުންނެވީއަޙްމަދު ނާޡިމް
ފަހުން ވަޑައިގަތީ
އީވާ ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ މެންބަރު
މަޤާމުގައި
2014–2019
ކުރިން ހުންނެވީހަމަ ރީކޯ މޫސާ މަނިކު
ފަހުން ވަޑައިގަތީ
ދާއިރާހުޅުހެންވޭރު
މަޤާމުގައި
2009–2014
ފަހުން ވަޑައިގަތީ
ހަމަ ރީކޯ މޫސާ މަނިކު
ދާއިރާހުޅުހެންވޭރު
އުފަންވީ (1961-02-09) 9 ފެބްރުއަރީ 1961 (64 އަހަރު )
ސިޔާސީ ޕާޓީދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - (2005 - 2014)، (2022އިން ފެށިގެން)
އެހެނިހެން ސިޔާސީ
ގުޅުންތައް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (2017 - 2022)
ކުރުނަންރީކޯ

ރީކޯ މޫސާ މަނިކަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މޫސާ މަނިކު އުފަންވެވަޑައިގަތީ 1961ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހުއެވެ.

ރީކޯ މޫސާ މަނިކު ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތީ 2000 ގެ ކުރީކޮޅެވެ. 2005ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި ހޮވިވަޑައިގަތެވެ. 2009ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުހެންވޭރު ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގަތެވެ. 2014ވަނަ އަހަރު ވެސް އެ ދާއިރާއަށް މޫސާ މަނިކު ކުރިމަތިލައްވައި ހޮވިވަޑައިގަތެވެ. އަދި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމަށް ވެސް މޫސާ މަނިކު ހޮވިވަޑައިގަތެވެ.

މޫސާ މަނިކަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދެވުމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. މޫސާ މަނިކު ވަނީ 2011ވަނަ އަހަރުގެ ޖޫން މަހުގެ 19ވަނަ ދުވަހުން ފެށިގެން 2014ވަނަ އަހަރުގެ އެޕްރީލް މަހުގެ 1ވަނަ ދުވަހާ ހަމައަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު އަދާކުރައްވައިފައެވެ. 2014ވަނަ އަހަރުގެ ތެރޭގައި މޫސާ މަނިކު އެމްޑީޕީން ވަކިކުރިއެވެ. އެއަށްފަހު އޭނާ ޙަރަކާތްތެރިވެވަޑައިގަތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައެވެ. 2022ވަނަ އަހަރުގެ ތެރޭގައި މޫސާ މަނިކު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ރީކޯ މޫސާ މަނިކަކީ ކުރީގެ ފިލްމީ ތަރިއެކެވެ. އެގޮތުން ވަރަށް ގިނަ ދިވެހި ފިލްމް ތަކުގައި މޫސަ ވަނީ ހަރަކާތްތެރިވެފައެވެ.

ކުޅެފައިވާ ފިލްމްތައް

[އުނިއިތުރު ގެންނަވާ]
  • ލޯބިވެވިދާނެ
  • ފަތިސް ހަނދުވަރު
  • 2000 ވަނަ އުފަންދުވަސް
  • ދައުވާ
  • ލޯބީގެ ތޫފާން
  • އިއްތިފާގު
  • އެދުވަސް ހިނގައްޖެ
  • ބިރު
  • ހީލަތް
  • ހައްގު
  • ނާއުއްމީދު
  • ގިނިހިލަ
  • ސިއްރު
  • އިއްތިފާގު
  • މަޖުބޫރު ލޯބި