ރީނދޫ މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ރީނދޫ މަސް

ރީނދޫ މަސް (ސައިންޓިފިކް ނަން: Lutjanus bengalensis)ނުވަތަ (އިނގިރޭސި ބަހުން: Bengal Snapper) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ނިވަލުގައި އުޅޭ މަހެކެވެ. ބައެއް ހިސާބުތަކުގައި މިމަހަށް ރީނދުލި ކިޔާ އުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ. މިމަސް އާންމުކޮށް ހިފިފައި ހުންނަނީ ނަނުފައްތައިގެން ކުރާ ކެޔޮޅު ކަމުގައެވެ.

ރީނދޫ މަހުގެ ކޯތާފަތާއި ކަރުތާފަތް ގަނޑުގައި ވެސް ހުޅުނބު ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ކުޑަކޮށް ކަފިކޮށެވެ. މަހުގެ ކުލައަކީ ރީނދޫ ކުލައެވެ. މަހުގެ ދިގަށް އަރިމަތީގައި ނޫކުލައިގެ 4 ރޮނގު ހުރެއެވެ. މިރޮނގުތަކުގެ ދަށުން މަހުގެ ބަނޑުދަށް ހުންނަނީ ހުދުކުލައިގައެވެ. މަހުގެ ކޮތަރިބައިތަކާއި ނަގޫފަތުގެ ކުލައަކީ ރީނދޫ ކުލައެވެ.