Jump to content

ރީނދޫ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ރީނދޫ

ރީނދޫ(ސައިންޓިފިކް ނަން: Curcuma longa)ނުވަތަ (އިނގިރޭސި ބަހުން: Turmeric) އަކީ ފޯލިކޮށް ހުންނަ ދޮންރަތްކުލައިގެ ގޮނޑިއެކެވެ. މިއީ ހަވާދާއި ބޭހަށް ބޭނުން ކުރާއެއްޗެކެވެ. ރާއްޖޭގައި އާންމުކޮށް ރީނދޫ ބޭނުންކުރަނީ ތަފާތު ބާވަތްތަކުގެ ކާތަކެތި ހެދުމަށެވެ. ރީނދޫ އަކީ އިގުރު އާއިލާއަށް ނިސްބަތްވާ ހަވާދުގެ ބާވަތެކެވެ. ރީނދޫ އެންމެ ގިނައިން ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ ދެކުނު އޭޝިޔާގެ ގައުމުތަކުގައެވެ. ރީނދޫ ހެދެނީ ފިނިހޫނު މިން 30-20 ސެންޓި ގްރޭޑް އާއި ދެމެދުގެ ފިނިހޫނު މިން ހުންނަ ހިސާބު ތަކުގައެވެ. ރީނދޫ ހެއްދުމަށް އެންމެ މަޝްހޫރު އެންމެ ފާހަގަ ކޮށްލެވޭ ޝަހަރަކީ އިންޑިޔާގެ މަހާރާޝްތުރާ ސްޓޭޓް އެވެ.