Jump to content

ރާގޮނޑި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރާގޮނޑި

ރާގޮނޑި(އިނގިރޭސި ބަހުން: Auxis thazard thazard)ނުވަތަ (އިނގިރޭސި ބަހުން: frigate tuna) އަކީ ކަނޑުމަހުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި މާކަނޑުތަކުގައި އައިން ހަދައިގެން ދަތުރުކޮށް އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 58 ސެންޓި މީޓަރަށެވެ. ރާއްޖޭގެ ފަރުފަރުގެ ބޭރަށް އެން އަރައިގެން އުޅޭއިރު، އެން ކެއުމަށް ފަރުފަރުގެ ވަރަށް ކައިރީގައި ރާގޮނޑި އުޅެއެވެ. މިއީ ދޮށީގެ މަސްވެރިކަމުގައްޔާއި، ވަދު މަސްވެރި ކަމުގައި ގިނައިން ބޭނޭ، ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. ރާގޮނޑި އައިނުގެ ތެރޭގައި ރާގޮނޑި ކޮލި ކިޔާ ވަރަށް ވިހަގަދަ މަހެއް އެކުލެވޭ ކަމަށް ވެއެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 10އާއި 12 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. މަހުގެ މަތީ ބައިގައްޔާއި، ތިރީބައިގައި ވަކިވަކިން ހުންނަ ކޮތަރިތަކެއް ހުރެއެވެ. ރާނގޮޑީގެ މަތީގެ ފުރަތަމަ ކޮތަރިބަޔާއި، ދެވަނަ ކޮތަރިބައި ހުންނަނީ ވަރަށް ދުރުގައެވެ. މަހުގެ ބޮލުގައި ކުޑަކޮށް ހުޅުނބު ހުރެއެވެ. ތަފާތު ގޮތްގޮތަށް ކަތިކޮށް ކުރަހާލެވިފައިވާ ގަދަނޫކުލައިގެ ރޮނގުތަކެއް މަހުގެ މަތީބައިގައި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލަ އެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރިހި ކުލައެވެ. މަހުގެ ކާނާއަކީ ކުދިމަހާ، ކަކުނި ފާނޑުގެ ސޫތްޕާއި، ޑިނގާއެވެ.