ރާނބާފަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރާނބާފަތް

ރާނބާފަތް(Pandanus amaryllifolius) އަކީ ރިހަ ކައްކާއިރާއި އަދި ބައެއް ކަހަލަ ކާތަކެތި ހަދާއިރު ރަހަ ޖެއްސުމަށްޓަކައި ބޭނުންކުރެވޭ ފަތެކެވެ. ރާނބާ އަކީ ރާނބާފަތް އަޅާ ގަހެވެ. މިގަހުގެ ސިފަވައްތަރުވާނީ ކަށިނެތް ކަށިމާ ގަހަކާއެވެ. މިގަހުގެ ފަތުގައި މީރުވަހެއް ދުވައެވެ. އަދި މިގަހުގެ ފަތް ތަކެތީގައި މީރުވަސް ދުއްވުމަށާއި ކާތަކެތީގައި މީރު ރަހަލެއްވުމަށް ބޭނުންކުރެއެވެ. ބައެއް ފަހަރު ކަނދި ފަދަ ތަކެތި ތައްޔާރު ކުރާއިރު ވެސް ރަހަ ޖެއްސުމަށް ރާނބާ ފަތް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.