ރަސްދުވަނި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރަސްދުވަނި އަކީ މުޅި ގަޔަށް ފެތުރޭ ބައްޔެކެވެ. ރަސްދުވަނި ޖެހުނީމާ މުޅިކުއްޖާ އޮންނާނީ ރީނދޫ ވެފައެވެ. ކުޑަކަމުދާ ތަކެތި ވެސް ރީނދޫވާނެ އެވެ.މިއީ ދުވަނިގެ އެންމެ ނުރައްކާތެރި ވައްތަރު އެވެ. ރަސްދުވަނި ނަގާނީ ކަދުރާ އިން މަތިންނެވެ. ތިރިޔަށް ފައިބަމުން ގޮސް މެޔަށްވުރެ ތިރިއަށް ހިގައްޖެނަމަ ވަރަށް ނުރައްކާވާނެއެވެ. ބޮޑެތި މީހުން ގައިން މިދުވަނި ނަގައިފިނަމަ ކިޔާނީ މާވިހަ އެވެ. ދުވަނި ވެއްޖެނަމަ ހުންނާނީ ނޫކޮށް ނުވަތަ ރަތްކޮށެވެ. ގޮށް ދުވަނި ނަގާނީ ތަންތަން ކޮޅުގައި ގޮށްގޮށަށެވެ.