ރަތް މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރަތް މަސް

ރަތް މަސް (ސައިންޓިފިކް ނަން: Lutjanus bohar)ނުވަތަ (އިނގިރޭސި ބަހުން: Two-spot red snapper)އަކީ އާންމުކޮށް ރޭގަނޑު ނަނުފައްތައިގެން ކުރާ މަސްވެރިކަމުގައި އެންމެ އެކަށީގެންވާ ގޮތަށް ގިނައަދަދަކަށް ބޭނޭ މަހުގެ ބާވަތެވެ. ދިވެހިންގެ ކެއުމުގައި ތަފާތު ގޮތްގޮތަށް ތައްޔާރުކުރެވިގެން ބޭނުންކޮށް އުޅޭ މީރު މަހެކެވެ. މިމަސް އާންމުކޮށް ދިރިއުޅެނީ ތިލަ ފަރުފަރުގެ ބޭރުގައެވެ. ނަމަވެސް ވަރަށް މަދުން 70 މީޓަރު ފުނުން ވެސް މިމަސް ބޭނެއެވެ. މިއީ ފަލަ ހަށިގަނޑެއް ލިބިފައިވާ ތިލަ ކަނޑުތަކާއި ފަޅު ފަޅުގެ އަޑީގައި ދިރިއުޅޭ މަހެކެވެ.

ރަތްމަހުގެ ކުލައަކީ ރަތްކުލަ އެވެ. މިރަތްކުލަ މަހުގެ ބުރަކަށި މަތީގައި ގަދަވެގެން ގޮސް ހުންނަނީ ގަދަ ރަތްކުލަ އަކަށް ބަދަލުވެފައެވެ. ޅަމަހުގައްޔާއި އަދި ބައެއް ބޮޑެތި މަހުގެ ދެއަރިމަތީގައި ރިހިކުލައިގެ ދެލައް ހުރެއެވެ. މިފާހަގަ ބޮޑަށް ފެންނަނީ މަސް އޭގެ އަމިއްލަ މާހައުލުގައި ދިރިއުޅޭއިރު އެވެ. ރަތް މަހުގައި ހުޅުބު ހުރެއެވެ. އެއިން ކޮންމެ ހުޅުބެއްގެ މެދު ހުންނަނީ ރިހި ކުލައިގައެވެ.

ދުނިޔޭގެ ތާޒާ ރޯމަހުގެ މާރުކޭޓް ތަކުގައި ރަތް މަހަކީ ވަރަށް މަތީ އަގުލިބޭ އަދި މީހުން ގަންނަން ބޭނުންވާ މަހެކެވެ. ވުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުން މިބާވަތް ވިއްކަނީ ރޯމަހުގެ ގޮތުގައެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ރަތްމަސް ލޮނުއަޅައިގެން ހިއްކައިގެން ވިއްކައި އަދި ކެއުމަށް ވެސް ބޭނުންކުރެއެވެ.