ރަތްތިކި ރައިވެރިމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ރަތްތިކި ރައިވެރިމަސް

ރަތްތިކި ރައިވެރިމަސް(ސައިންޓިފިކް ނަން: Neoniphon sammara)ނުވަތަ (އިނގިރޭސި ބަހުން: Spotfin squirrelfish) އަކީ ރާއްޖޭގެ ފަރުތަކުގައި ވަރަށް ގިނައިން އުޅޭ ރައިވެރިމަހުގެ ބާވަތެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ ހުޅުނބުތައް ބޮޑެތި މަހެކެވެ. އާއްމުކޮށް ދުވާލުގެ ވަގުތުތަކުގައި ގިނައިން އުޅެނީ ފަރުފަރުގެ ގާތަކުގެ ނިވަލުގައެވެ. ކާނާހޯދުމަށް ރޭގަނޑު ބޭރަށް ނިކުމެއުޅެއެވެ. މިއީ ދިވެހިން ނަނުފައްތައިގެން ރޭގަނޑުކުރާ މަސްވެރިކަމުގައި ބޭނޭ މަހެކެވެ. ރޭގަނޑު ބޮކީގެ އައްޔަށްވެސް މިމަސް ވަރަށް ފަސޭހައިން ތިލަވެއުޅެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 11 އާއި 13 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަނޑު މަހުގެ ކަރުތާފަތްގަނޑާއި ދިމާލުން ބަނޑުދަށް ފަރާތުގައި ހުންނަ ކުޑަކޮތަރިބައިގެ ދިގުމިނާ އެއްވަރެވެ. މަހުގެ ކުލައަކީ ރިހިދިހުން ކުލައެކެވެ. މަހުގެ ދެފަރާތުގައި ވަރަށް ކައިރީގައި ހުންނަ ރަތްކުލައިގެ ތިކިތަކަކުން ދެމިފައިވާ ރޮނގުތަކެއް މަހުގެ ދިގަށް ވާގޮތަށް ހުރެއެވެ. މަތީ ކޮތަރިބައިގެ ކުރީކޮޅުގައި ކަޅު ރަތްކުލައިގެ ލަފެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. ނިގޫފަތުގެ ކުލައަކީ ރީނދޫ ކުލައެވެ. މިމަަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައިވާ ނެތުމާއެކު މަހުގެ އެންމެ ފާހަގަކުރެވޭ އެއްސިފަޔަށާއި، މަހަށްކިޔާ އިގިރޭސި ނަމާ ގުޅޭގޮތުން ރަތްތިކި ރައިވެރިމަސް ކިޔާ ނަންދީފައިވަނީ އެވެ.