ރައުދާގެ މަރަކީ ހިންގާފައިވާ ޖަރީމާއެއް

ވިކިޕީޑިއާ އިންވިކިޕީޑިއާ

        ރައުދާ އާތިފް އަމިއްލައަށް މަރުވެފަވާކަމަށް އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖުން ބުނިކަމަށް ވިއަސްއެކަން އެގޮތައް ހިގައިފަވާކަމުގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ. ރައުދާ ދަންޖެހިފަހުއްޓަފެނިގެން ސްކާފްގެ ވާގަނޑު ކަނޑާލާ ތިރިކުރިކަމަށް ބުނާއިރު ރައުދާ ދަންޖެހިފަހުއްޓަފެނުނުމީހަކު އަދި އެކަމުގެފޮޓޮއެއްވެސް އަދި ވީޑިއޯއެއްވެސް ދެއްކިފައެއް ނުވެއެވެ.ދަންޖެހިފަ ހުރި މީހަކު ވާގަނޑު ކަނޑާލާ ފުލުހުންގެ އިންވެސްޓިގޭޝަން ޓިމު ކްރއިމްސީންއަށް ނުދަނީސް ތިރިކުރުމަކީ މަރުގެ އަދި ފޮރެންސިކް ހެކިނައްތާލުންކަން އެމްބީބީއެސްގެ 2 ވަނައަހިރުގެ ދަރިވަރަކަށްވެސް އެގޭނެ.ވިމާ މިގޮތައްމިކަން ހިނގީ ކޮލެޖެގެ ޑީންއަށްވެސް އެގިހުރެއެވެ.ކޮލެޖުން ވަނީ ރައުދާގެ މަރުގެ ހެކިނައްތާލުމުގެ ބޮޑުރޯލެއް ކުޅެފައެވެ.

        ބަންގްލަދޭސްގެ ފުލުހުންގެ އިންކުއެސްޓް ރިޕޯޓްގަވެސް ރައުދާގެ ކަރުގަ ހިފާފަ ހުރިކަމުގެ ނިޝްހުރިކަމަށްވަނީބަޔާން ކޮށްފައެވެ.ކްރައިމްސީން އެވިޑެންސް އަދި ޕޯސްޓްމޯޓަމް ގެ ހެކިތަކުން ދައްކަނީ ރައުދާ ކަރުގަ ހިފާމަރާލާފައިވާ ކަމުގެ ނިޝާންތަކެވެ.ރައުދާ ސްކާފެއް ބޭނުން ކޮށްގެން ދަންޖެހުނުކަމަށް ބުނިނަމަވެސް ކަރުގަހުރީ ސްކާފެއްގެ ނިޝާނެއްނޫނެވެ.ރައުދާގެ ޕޯސްޓް މޯޓަމް އެވިޑެންސް ތައް ދިރާސާކުރި އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވަރސިޓީގެ ޕެތޮލޮޖީ ޑިޕާޓްމަންޓުގެ އެޗްއޯޑީ އަދި ފޮރެންސިކް ޕެތޮލޮޖިސްޓް ޖޯ ޑިފްލޯ ވިދާޅުވެފައިވަނީ ރައުދާގެ ކަރުގަހުރި ލައިގޭޗާ މާކަކީ ސްކާފެއްގެ މާކުނޫންކަމަށެވެ.އަދި ރައުދާގެ ކަރުގަ ވަނީ ބަޔަހު ހިފާ މަރާލާފއިވާކަމަށެވެ.

ރައުދާގެ މަރު ތަހުގީގުކުރި ބަންގްލަދޭސްގެ ސީއަޑީފުލުހުންގެ ޓީމެއް ކްރައިމްސީންއަށް ގޮސް ތަހުގީގުކޮށް ރައުދާ ކިޔަވަމުން ގެންދިޔަ އިސްލާމިކް ބޭންކު މެޑިކަލް ކޮލެޖުގެ ޕްރިންސިޕަލް ގާތު ސީއަޑީ ސްޕެޝަލް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ނަޒްމުލް ކަރީމް ބުނެފައިވަނީ ރައުދާ މަރާލާ އަމިއްލަޔައް ދަންޖެހިގެން މަރުވިކަމަށް ދައްކަން ކޮލެޖުގެ ހޮސްޓެލްގެ ކޮޓަރީގަކަންތައްތައް ތަރުތީބުކޮށްފައިވާކަމަށެވެ.ރައުދާ ދަންޖެހުނީ ކޮޓަރީގެ ދޮރު އެތެރޭން ތަންޑު އަޅައިގެން ކަމަށް ބުނެފަވާއިރު އެދޮރުގެ ދަންޑު ހަލާކުނުކޮށް ކޮޓަރީގެ ދޮރުހުޅުވުނުގޮތެއް ކޮޅެޖުގެ މުއައްޖަފުންނަށް ދެއްކިފައެ ނުވެއެވެ.ރައުދާގެ ހަށިގަޑުން އަމިއްލައަށް ދަންޖެހިގެން މަރުވާމީހެއްހެގެ ހަށިގަޑުން ފެންނާނެ އެއްވެސް ފޮރެންސިކް ހެއްކެއް ނެތެވެ.ރައުދާގެ މަރުގެ މައްސަލަ ސީއައިޑީން ތަހުގީގު ފެއްޓުމުން ރައުދާގެ މަރުގަ ބައިވެރިކަމަށް ތުހުމަތުކުރެވޭ ރައުދާގެ ބެޗްމޭޓުންގެ ތެރޭގަހިމެނޭ 4 ދަރިވަރުންގެތެރޭން އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ހިންޝާވަނީ ކިޔެވުން ދޫކޮށް ކޮލެޖުންފިލާގެން ކަޝްމީރަށް ގޮސްފައެވެ.ރައުދާ މަރާލިރޭ ހޮސްޓެލްގެ ސެކިއުރިޓީކެމެރާވަނީ ނިއްވާލާފައެވެ.

ނަމަވެސް ފަހުން ސީއަޑީން ތައްޔާރުކޮށް ރާޖްޝާހީ ކޯޓަށް ފޮނުވި ރިޕޯޓް ވަނީ ހަގީގަތާހިލާފު އަދި  ރައުދާއަމިއްލަ އަށް މަރުވިކަމުގެ އެއްވެސް ހެއްކެއް ދެއްކިފަވާ ރިޕޯޓަކަށް ނުވާތީ ކޯޓުން އެގަބޫލު ނުކޮށް އަލުންރައުދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ބަންގްލަދޭސްގެ ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ޕީ.ބީ.އައި) އަށް ފޮނުވާފައެވެ.ރާޖްޝާހީ ކޯޓުގެ މެޖިސްޓްރޭޓް ވިދާޅުވީ "ފޮރެންސިކް އަދި ކްރައިމް ސީން ހެކިތައް ދައްކަނީ ރައުދާމަރާލާފައިވާކަމަށެވެ.އަހަރެން ސީއަޑީއަށް މައްސަލަފޮނުވީ ރައުދާގެ މަރުގެ ފަހަތުގަ ތިބި މުޖުރިމުން ކޯޓަށް ގެންނާށެވެ.ނޮވެލްއެއްލިޔާހެން 300 ސަފްހާގެ ރިޕޯޓެއް ކޯޓަށް ގެންނާކަށް ނޫނެވެ."މިއީ މެޖިސްތްރޭޓް ސީއައިޑީ ފުލުހުންގެ ރިޕޯޓް ގަބޫލުނުކޮށް އަލުން އެމައްސަލަ ތަހުގީގުކުރުމަށް އަމުރުކޮށް އިއްވިބަޔާނެވެ.

ރައުދާގެ ޕޯސްޓް މޯޓަމް ރިޕޯޓްތައް:[އުނިއިތުރު ގެންނަވާ]

ރައުދާގެ ފުރަތަމަ ޕޯސްޓްމޯޓަމް ލަންކާގައި ހެދުމަށް އެދިފައިވަނިކޮށް އާއިލާއަށް ނުއަންގާ ރައުދާކިޔަވަމުންދިޔަ ރާޖްސާހީ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖުގެ 2 ޑޮކްޓަރުން ހިމަނައިގެ ރާޖްޝާހީ ޕޮލިހުން މަކަރާ ރޭވުމުން ތައްޔާރު ކޮށްފައިވާ ދޮގުރިޕޯޓެކެވެ.އެރިޕޯޓްގައިވަނީ ރައުދާގެ މަރުގެ ހެކިތައްނައތާލާ 3 ޑޮކްޓރުން ހިތުހުރިވާހަކައެއްލިޔެފަ ތައްޔާރު ކޮށްފައިވާ އެއްވެސް ހެއް ނެތް ބަޔާނެކެވެ.ރައުދާގެ ކަރުގެ އެންމެކުޑަމިނުން ބޭސިކް އެކްސްރޭނަގާފައެއް ނުވެއެވެ.ސީޓީސްކޭން ހަދާފައެއް ނުވެއެވެ.ގާސްޓްރިކް އެނަލައިސިސް ހަދާފައެއް ނުވެއެވެ.ދަންޖެހިގެން މަރުވާމީހުންގެ ކަރުގެ އަދި ކަނދުރާގެ އެތެރޭގެ ސްތްރަކްޗާތަކައްވެސް ގެއްލުންވާނެ.ވީމާ ޕޯސްޓްމޯޓަމް ހަދާއިރު ނަގަންޖެހޭ ޕޮޓޯ އަދި ވީޑިއޯ ހެކިވެސް އެޓީމުގެ ރިޕޯޓާއެކު ހުށަހަޅާފައެއް ނުވެއެވެ.އޭނާގެ ކަރުގަހިފާ މަރާލާފައިވާކަމުގެ ގިނަހެކިތަކެއް ވަނީ އެ 3 ޑަކްޓަރުން ނައްތާލާފައެވެ.ދަންޖެހުނީ ސްކާފަކުން ކަމަށް ބުނާއިރު އޭގެ ޕެތޯ އަދި ޑީއެން ޢޭ ޓެސްޓުހަދާފައެއް ނުވެއެވެ.ފުލުހުން ނުވަތަ އެޑޮކްޓަރުން ނުވަތަ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ރައުދާ ދަންޖެހެން ބޭނުންކުރިކަމަށް ބުނާ ސްކާފްގެ  ލިގޭޗާ އިންވެސްޓިގޭޝަނެއް ހަދާފައެއް ނުވެއެވެ

    ރައުދާ ގެ މަރުގަ ބައިވެރިވިކަމަށް ޝައްކުކުރެވޭ ބެޗްމޭޓުން ނާ ކޮލެޖު މުވައްޒަފުން ރިމާންޑުގަ ބައިތިއްބައިގެން ހިންގަންޖެހޭ އެއްވެސް ތަހުގީގެއް ބަންގްލަދޭސް ފުލުހުން،ސީއައިޑީ އަދި ޕީއަބީވެސް ހިންގާފައެއް ނުވެއެވެ.ޕީއައިބީން ނުވަތަ ސީއައިޑީން ތައޔާރުކޮށްފައިވާ ރިޕޯޓްގަ ރައުދާ މަރުވިކަމަށްބުނެ ދައްކާފައިވާ ހުއްޖަތަކީ އެރޭ ރައުދާއަށް އެންމެ ފަހުން ފޯނުކޮށްފައިވަނީ އޭނާގެ ބޯއިފްރެންޑް ލަންޑަނުގަ ކިޔަވަމުންދާ ސާހު ގަނީ އަށް ވާތީ ރައުދާ މަރުވީ ޢޭނާޔާހެދިކަމަށެވެ.އެކަމުގެ ހެއްކަކަށް ދައްކަނީ އެބުނާ ފޯނުކޯލާ އަދި ކަލްކަތާގެ ބުރިޖެއްގެ މަތީ ރައުދާ ބޯއިފްރެންޑާއެކީ ނަގާފައިވާ ފޮޓޯއަކާއި ރައުދާ ޢޭނާއަށް ފޮނުވާފައިވާ މެސެޖެކެވެ.ނަމަވެސް އެ މެސެޖުގަވެސް ނެތް ރައުދާ އަމިއަލަޔަށް މަރުވާނެވާހަކައެއް ބުނެފައެއް.ނަމަވެސް އެރޭ ރައުދާ މޭލޭޝިއާގަކިޔަވަން ހުންނަ އޭނާގެ ރައްޓެހި ޖުއާނާ އަށް ފޯނުކޮށްފަވެސް ބުނެފައިވަނީ ހަފްތާއެއްފަހުން އޭނާ ޗުއްޓިއަށް މަލޭއަންނާނެވާހަކަޔާ ޗުއްޓީހޭދަކުރާނެގޮތުގެ ޕްލޭނެކެވެ. ރައުދާ އަމިއްލަޔަށް ދަންޖެހިގެން މަރުވިކަމަށްބުނާއިރު ޕޯސްޓް މޯޓަމް ހެދި ޑަކްޓަރުން ނަގާފައިވާ ކަރުގެ ފޮޓޯތަކުންވެސް ފެންނަން އެބަހުރި ކަރުގަ ހިފާމަރާލުމުން އަރާފަހުރި އިނގިލީގެ ނިޝާން ތައްވެސް.މޫނުމަތީގަ ހުރި ޒަހަމްތައްވެސް.މިކަމާމެދު ސުވާލުކުރުމުން އެ 3 ޑަކްޓަރުން ބުނެފައިވަނީ އެއީ އުފަންލައްތަކެއްކަމަށް.އަހަރެންގެ ދަރިފުޅު ރައުދާގެ ކަރަކު އަދި މޫނުގަ ނުހުން ނާނެ އެއްވެސް އުފަންލަފެއް.

        ކަރުގަ ހިފާ މަރާލުމުން ދެހަންދޭތެރޭ އުދެދޭ ހެމަރޭޖް ހުންނާނެ ފެންނަށް.ކީއްވެތޯ އޮޓޮޕްސީހެދިއިރު އެފޮޓޯތައް ނުނެގީ.ކޮބާތޯ އޮޓްޕްސީގެ ކަރުގެ އެތެރޭގެ  ލެޔާތަކުގެ ފޮޓޯތައް.ގެއްލުމެއް ހުއްޓަސް ނެތަސް ޖެހޭ އެފޮޓޯތައްނަގާ ފޮރެންސިކް އެވިޑެންސްގެ ގޮތުގަ ރިކޯޑް ކޮށް ޕޯސްޓމޯޓަމް ރިޕޯޓާއެކު ހުށަހަޅަން.އޮޓޮފްސީހެދުމުގެ ކުރިން މެޖިސްޓްރޭޓް އަދި އާއިލާގެ އަންހެނެއްގެ ހާޒިރުގަ ހަދަންޖެހޭ އިންކުއެސްޓް ވެސް ނުހަދާ ރައުދާގެ ހަށިގަނޑުގަވާ މަރުގެ ހެކިތައްވަނީ ލޯކަލް ފުލުހުންނާ އޮޓޮޕްސީހެދި 3 ޑަކްޓަރުންގެ ޓީމުން ނައްތާލާފއެވެ.ރާޖްޝަހީގެ ކުރީގެ ޕްރޮސިކިއުޓަޖެނަރަލް އަދި ރައުދާގެ ކޭހުގެ ލޯޔަރު ހިންގިތަހުގީގުން އެގިފައިވަނީ ފުރަތަމަ ޕޯސްޓްމޯޓަމް ރިޕޯޓާކީ އެއްލައްކަ ޓާކާ ނަގައިގެން ޑޮކްޓަރުން ތައްޔާރުކޮށްފައިވާ ދޮގުރިޕޯޓެއްކަމެވެ.ރައުދާގެ 2 ވަނަ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުންގެ ޓީމުން ބުނެފައެއް ނުވޭ ރައުދާ އަމިއްލައަށް ދަންޖެހިގން މަރުވިކަމުގެ ހެއްކެއް ފެނުނުވާހަކައެއް.އަދި ރައުދާގެ ކަރުގަ ހުރި ލިގޭޗާމަކަކީ ސްކާފުން ދަންޖެހިގެން އަރާފަ ހުރި ލިގޭޗާމަކެކެވެސް.އެރިޕޯޓްގެ ފައިނަލް އޮޕީނިއަން ނުވަތަ އެންމެފަހުގެ ނިންމުމުގަ ބުނެފައިވަނީ ރައުދާ މަރުވިސަބަބު އެގެން ނެތްކަމަށް.އެރިޕޯޓް ހެދި ޑޮކްޓަރުންގެ ޓީމުން ތައްޔާރުކޮށްފައިވާ ރިޕޯޓުގަ ބުނެފައެއް ނުވޭ ރައުދާ މަރުވީ ސްކާފަކުން ދަންޖެހިގެނޭ.

ދިވެހި ފުލުހުންގެ މިހާރުގެ އެސިސްޓަންޓް ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިއާޒު ރައުދާގެ މަރުގެ ހަގީގަތް އަދި ހެކިތައް ނައްތާލަން މަސައްކަތް ކުރުން[އުނިއިތުރު ގެންނަވާ]

      ރައުދާގެ މަރާގުޅޭގޮތުން މުގައްމަދު ރިއާޒު އަދި ޗީފް އިނިސްޕެކްޓަރް އޮފް ޕޮލިސް އަހުމަދު އަލީ ރާޖްޝާހިއަށް ދިޔައެވެ.ނަމަވެސް މުހައްމަދު ރިއާޒް ކުރިހާވެސް ކަމަކީ ރައުދާ ދަންޖެހިގެން މަރުވިކަމަށް ދެއްކޭތޯ މަސައްކަތް ކުރުމެވެ.ކްރައިމް ސީން އެވިޑެންސް އަދި ޕޯސްޓް މޯޓަމް ހެކިތައް ރިއާޒު އާހިއްސާ ކުރިއަސް މުހައްމަދު ރިއާޒު އެކަންތައްތަކަށް ސަމާލުކަން ނުދީ އުޅުނީ ރައުދާއަމިއްލަޔަށް މަރުވިކަން ދައްކާށެވެ.އެންމެ ފުރަތަމަ ގުޅުވީ ރައުދާގެ މަންމައާ އަހަރެންގެ 6 އަހަރުވީ ވަރިއާ .ދެން އެންމެފަހުން ބުނީ ގެސްކޮށްގެން ރައުދާގެ މުޅިން ބްލޮކް ވެފަ އޮތް އައިފޯން 7 ހުޅުވި ވާހަކައެވެ.ބްލޮކް ވެފަ އޮތް އައިފޯން 7 ހުޅުވުމަކީ މިހާތަނަށް އެމެރިކާގެ އެފް.އައި.ބީ އަށްވެސް ކުރެވުނު ކަމެއް ނޫން.ދެން ދެއްކީ ރައުދާގެ ފޯނުން ނަގާފަ ހުރި ކަމަށް ބުނާ މެސެޖެއްގެ ސްކްރީން ޝޮޓެއް.ޢޭގަވެސް ނެތް ރައުދާ އަމިއްލަޔަށް މަރުވާނެވާހަކަ ބުނެފައެއްވެސް ނެތް.އޭރު ބަންގްލަދޭސް ގެ އޭ.ޓީ.ޢެން ޗެނަލްގެ ސްޓާފް ރިޕޯޓަރު އަދި އިންވެސްޓިޣޭޓިވް ޖާނަލިސްޓު  ސުޖާއުއްދީން ޗޯޓޯން ދިޔައީ ރިއާޒުގެ އަމަލުތަކާމެދު ސައްކު ކުރެވިގެން ރާޖްޝާހީ ގައި އޭނާ  ޕޮލޯކުރަމުން.ވީމާ ރިޢާޒުގެ މިއަމަލުތައް އަހަރެން ނާ އިންވެސްޓިގޭޓިވް ޖާނަލިސްޓު ސުޖާއުއްދީން ޗޯޓޯން ހިއްސާކުރިއެވެ.ރައުދާގެ މަރުގެ ހަގީހަތް އޮޅުވާލުމަށް ކޮލެޖުން އަދި މުހައްމަދު ރިއާޖު ކޮލެޖާއެކު ފައިސާ ގެ މުއާމަލަތް ހިންގިކަންވެސް ބުނަނި އަހެރެން ނެއް ނޫނެވެ ނަމަވެސް އެކޭސް އަދި ރިއާޒު ފޮލޯކުރި ރާޖްޝާހީގެ އިނވެސްޓިގޭޓިވް  ޖާނަލިސްޓުންނެވެ.

ރައުދާ މަރާގުޅޭ ގޮތުން އާއިލާ ގެ ބާރަ މެމްބަރުންނާ ބަންގްލަދޭސްގެ އެމްބަސެޑާރް ޝާން ޝާކިރުއާ އެކީ އޭރު ރާޖްޝަހީ ޕޮލިސްކަމިނަން އޮފީހުގަ ބޭއްވިބައްދަލުވުމުގަ ކަމިޝަނަރު އޮފް ޕޮލިސް ޝަފީގުލް އިސްލާމް  ވިދާޅުވެފަވަނީ    ރައުދާގެ އައިފޯން 7 ހުޅުވަން މަސައްކަތްކޮށް ފޯނު މުޅިން ބްލޮކްވެފަވާކަމަށެވެ.މުޅިން ބޮލޮކްވެފަވާ އައިފޯން 7 މިހާރުގެ ދިވެހި އެސިސްޓަންޓު ކަމިޝަނަރު އޮފް ޕޮލިސް އަހުމަދު ރިއާޒު ހުޅުވީ ރައުދާގެ ބާތްޑޭގެ އަކުރަކާ ނަމުގެ އަކުރެއް ގެސްކޮށްގެން ކަމަށް ބުނާވާހަކަޔަކީ މިކަމުގަ ހެދިއެންމެބޮޑު އޮޅުވާލުމެވެ.ބަންގްލަދޭސް ސީއަޑީ ސްޕެޝަލް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ނަޒްމުލް ކަރީމް ސީއައީޑިން ކުރި ތަހުގީގަށްފަހު ބުނެފައިވަނީ ރައުދާމަރާލުމުގެ ކުރިން އެކަންކުރިބަޔަކު ރައުދާގެ މޯބައިލްފޯން ޕާސްވާޑް ހޯދާފައިވާކަމަށެވެ.

ރައުދާގެ މަރުގެ ތަހުގީގު ރާޖްޝާހީގެ މެޓްރޮޕޮލިޓަން ފުލުހުން ގެ ޑިޓެކްޓިވް ބުރާންޗާހަވާލުކުރުމުން އެތަނުގެ އިންވެސްޓިގޭޝަން އޮފިސަރު އިނިސްޕެކްޓަރު ރަޝީދުލް ހަސަން އަހަރެން ހުރި ހޮޓަލް ޕްރަޖަޓާން މޯޓަލް އަށް އައިސް އަހަރެންގެ ބަޔާން ނަގަމުން ދަނިކޮށް އެސިސްޓަންޓް ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިއާޒު  އެޑިޕާޓްމަންޓްގެ އެހެން އޮފިސަރަކާއެކު އައިސް އޭނާއަށް ބިރުދައްކާ އެކަން ވެސްވަނީ ހުއްޓްވާފައެވެ.އަދި ރޭގަނޑު ދަންވަރު ޑިޓެކްޓިވް ފުލުހުންނާގުޅިގެން ވަނީ ރައުދާ މަރުވާން ބޭނުން ކުރިކަމަށް ބުނާ ސްކާފްގެ ޕޭތޮލޮޖީ ޓެސްޓް،ޑީއޭން ޢޭ ޓެސްޓް އަދި ލިގޭޗާ އިންވެސްޓިގޭޝަން ވެސް ނުހަދާ އޭގެ ހެކިތައްވެސް ނައްތާލަން މަސްއްކަތް ކޮށްފައެވެ.ރޭގަނޑު ދަންވަރު ހުސްއަތާ އެސްކާފް ހިފައިގެން އަހަރެން ހުރި މޯޓަލްއަށް އައިސް އޭގެ ޑީއެން ޢޭ ކަންޓޭމިނޭޓް ކޮށް ލިގޭޗާގެ ސްޓްރަކްޗަރު ވަނީ ރޫލާފައެވެ.އެވަރުން ނުފުދިގެން މާލެއަށް ގޮސް ރައުދާ މަންމަ ޕޮލިހަށް ހަޒިރުކޮށް އެންގީ އެކޭސް އިތުރަށް ތަހުގީގު ނުކޮށް އަހަރެން މާލެ އަހުމަށް އެންގުމަށެވެ.އެހެން ނޫނީ ރައުދާގެ އަބުރު ކަތިލާނެކަމަށް އިންޒާރު ދިނެވެ.  

ރައުދާއަށް ޓްވީޓަރ މެދުވެރިކޮށް ފޮނުވި މަރުގެ އިންޒާރު[އުނިއިތުރު ގެންނަވާ]

ރައުދާއަށް މަރުގެ އިންޒާރު ޓްވީޓާ މެދުވެރިކޮށް ދީފައިވާކަމަށް އެންމެފުރަތަމަ އަހަރެންނަށް އެންގީ ޝީއައިޑީ އިނިސްޕެކްޓަރު އަދި ރައުދާގެ ކޭސް އިންވެސްޓިގޭޝަން އޮފިސަރު އަސްމާއުލް ހައްގުއެވެ.އަހަރެން އެމެސެޖުބަލަން ދިޔައީ ބަންގްލަދޭސް ގެ އޭ.ޓީ.ޢެން ޗެނަލްގެ ސްޓާފް ރިޕޯޓަރު ސުޖާއުއްދީން ޗޯޓޯން އާއެއްކޮށެވެ.އަހަރުމެން ދެމީހުން ރާޖްޝާހީ ސީއައިޑީ ހެޑް އޮފީހަށް ދިއުމުން އަސްމާއުލް ހައްގުގެ ފޯނުން އެ ޓްވީޓާ މެސެޖުގެ ސްކްރީން ޝޮޓެއް ދެއްކި.އެމެސަޖަށް ރައުދާވަނީ ރިޕްލައިވެސް ކޮށްފަ.ނަމަވެސް އަސްމާއުލް ހައްގު ބުނީ ރޭދަންވަރު މަރުވި  މީހަކު ކިހިނެއްހޭ ހަވީރު 08؛4 ގަ ރިޕްލައިކުރާނީ.އަހަރެން އަސްމާއުލް ހައްގުގެ ކައިރިން އެ ޓްވީޓާ މެސެޖުގެ ސްކްރީން ޝޮޓެއް ލިބުނީ ކިހިނަކުންހޭ އެހުމުން ބުނީ ރައުދާގެ މަރުގެ ތަހުގީގު އެންމެފަހުން ކުރަމުންދިޔަ ރާޖްޝާހީ ފުލުހުންގެ ޑިޓެކްޓިވް ބުރާންޗުގެ ފުލުހުން އަދި ރައުދާގެ އައިފޯން ހުޅުވިކަމަށް ބުނާ މީހުންގެ އަތުން ނޭ.ފަހުން އެމެސެޖް ގެ އަސްލު ރައުދާގެ ޓްވިޓާއެކައުންޓުން ހޯދިއިރު އެގެނީ އެމެސެޖް ފޮނުވާފަވަނީ 29 މާޗު 08؛3 އޭމެމްގަ ކަމަށެވެ.މިމެސެޖްގެ އިތުރުން ވެސް ހަތަރު މީހަކު ރައުދާ މަރާލި ރޭ އެކަމާގުޅެގޮތުން ކޮށްފަ ހުރި ޓްވީޓް އަދި މިބުނި މެސެޖައް ރައްދުދީ ކޮށްފަ ހުރި ޓްވީޓްވެސް ފަހުން އޮސްޓްރޭލިއާގެ ޗެނަލް 9 ގެ ތަހުގީގު ޓީމުން ހޯދާފައިވާތީ އެ ޓްވީޓްތައްވެސް ވާނީ ބަންގްލަދޭސްގެ  ސީ.އައި.ޑީ އަދި ޕީ.އައި.ބީ އާ އަދި މަރުތަކުގެ މައްސަލަ ރާއްޖޭގަ ބަލަމުންދާ  ރިއާސީ ކަމިޝަނާ ހަވާލު ކޮށްފައެވެ.އެކަމިޝަނުގެ ރައީސް ހުސްނު ސުޢޫދު އާބައްދަލުކޮށް ތަހުގީގު ކުރިއަށް ދާގޮތާބެހޭގޮތުން ސުވާލު ކުރުމުން ބުނީ ރައުދާއަށް މަރުގެ އިންޒާރު ޓްވީޓާ މެދުވެރިކޮށް ދީފައިވާފަރާތް ހޯދާ ކަމިޝަނަށް ހާޒިރުކޮށް ސުވާލު ކުރެވިފަ ވާކަމަށެވެ.އަދި އެމީހަކީ ކެރަފާ ވަސީމާކަމަށްވެސް ބުންޔެވެ.ކެރަފާވަސީމާގެ ތްވިޓާ އެކައުންޓުން ރައުދާމަރާލިރޭ 29 މާރޗު 2017 ރޭގެ  08؛3 ގައި ފޮނުވި މެސެޖުގަވަނީ " ކަލޭ އަބަދުގެ އަބަދަށް މާފޮޅެން ﷲ ގެ ހަޒްރަތަށް ދާއިމަށް ފޮނުވާލާނެ ކަމަށެވެ."

ރައުދާގެ މަރުގެ ތަހުގީގު މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ނިންމީ ކިހިނެއް[އުނިއިތުރު ގެންނަވާ]

       ސީ.އައި.ޑީ ގެ ތަހުގީގަށްފަހު އަހަރެން އަދި ލޯޔަރު ގެންގޮސް އެންގީ ރައުދާމަރާލާފައިވާކަމަށެވެ.އަދި އެމަރު އެމީހުން ގުޅުވީ ބަންގްލަދޭސްގެ ދީނީ ހައްދުފަހަނައަޅާފައިވާ ޖަމާއަތުލް ޢިސްލާމިކް ޕާޓީގެ" ޗަތްރަ ސިއްބީރު" ގްރޫޕާއެވެސަބަބަކަށް ބުނީ ރައުދާ މޮޑެލްކުރުމެވެ.ނަމަވެސް އޭރު އަހަރެމެންނަށް އެނގިފައިވޭ ރައުދާއަށް މަރުގެ އިންޒާރު ދިނީ ދިވެއްސެއް ކަމަށްވާ ވަސީމާ މުހަންމަދުގެ ޓްވީޓާ އެކައުންޓުން ކަމަށް. .އަދި އޮސްޓރޭލިއާގެ ޗެނަލް 9 ގެ ޓީމުން ހޯދި އިތުރު ޓްވީޓްތަކުންވެސް އެނގޭ ދިވެހިންގެ ބަޔަކު އަޑީގަތިބކަމަށް.އެރޭ ރައުދާމަރާލިރޭ 2-3 އަދެމެދު ޓްވީޓްކުރި އެ 4 މީހުންވެސް ވަނި ވަސީމާގެ ޓްވީޓާ ހަވާލާދީ ޓްވީޓް ކޮށްފައެވެ.

    ބަންގްލަދޭސްގެ ޕީ.ބީ.އައި އިން މައްސަލަ ތަގުގީގު ފެށި ޓީމުގެ އިންވެސްޓިގޭޓަރުން އަހަރެން އަދި އަހަރެން ގެ އަންހެނުން ޕީ.ބީއައި ރާޖްޝާހީ އޮފީހަށް ހާޒިރުކޮށް އެންގީ އެމީހުންގެ ތަހުގީގުން ދައްކަނީ ރައުދާ މަރާލާފައިވާކަމަށެވެ.އަދި އެކަމުގެ ފަހަތުގައި ދިވެހިންގެ ބަޔަކު ތިބިކަމަށް ވާތީ ދިވެހިފުލުހުން ނާ ގުޅިގެން ތަހުގީގުކުރުމަށް ހަފްތާއެއްހާދުވަހުގެ ތޭރޭ ރާއްޖެ ދާނެކަމަށެވެ.ނަމަވެސް އެޓީމުގެ މަސައްކަތް ނުފެށެނީސް އޮފިސަރުން ޓްރާންސްފާ ކޮށްލީއެވެ.ދެވަނަ ޓީމުން އަހަރެންނާ އަހަރެންގެ ބަންގްލަދޭސް އަންހެނުން އޮފީހަށް ހާޒިރުކޮށް މަޖުބޫރުކުރުވީ ހުސް ފްލޯކު ވާހަކަތަކެއްދައްކާ ރައުދާ އަމިއްލަޔަށް ދަންޖެހުނުކަމަށް ބުނެ ސީއައިޑީން ތައްޔާރު ކޮށްފައިވާ ރިޕޯޓް ގަބޫލުކުރުމަށެވެ.

   ޕީބީއައި ދެވަނަ ޓީމުގަ ހިމެނެނީ އެޑިޝަނަލް ކަމިސަނަރް އޮފް ޕޮލިސް އަބްދުލް ކަލާމް އާޒާދާއި ،އިންސްޕެކްޓަރ އޮފް ޕޮލިސް އާލަމްގީރު އާއި ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޒުލްފިގާރު އަލީ އެވެ.އަހަރެން ނާ މީޓީމުގެ ފުލުހުން ބައްދަލު ކުރި އިރު ފުރަތަމަ ބުނީ ރައުދާ މަރާލެވިފަވާކަމަށް ގަބޫލުކުރެވޭތީ ފުރިހަމަތަހުގީގެއް ހިންގާނެ ވާހަކައެވެ. ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޒުލްފިގާރު އަލީ އަހަރެންނާ އަހަރެން އަންހެނުން ޕީބީއައި އޮފިހަށް ހާޒިރުކޮށް ބުނީ ތިމަން ރައުދާގެ ހޮސްޓެލް ކްރައިމް ސީނަށް ގޮސް ކުރިތަހުގީގުން ރައުދާ މަރާލެވިފަވާކަމުގެ ހެކިލިބިފަވާކަމަށެވެ.އަދި ޓްވީޓާމެސެޖާ ރައުދާގެ އިންސްޓާގުރާމްގެ ކަންތައް ގޮއްސަވާގޮތުން ރައުދާވަނީ މަރާލެވިފަކަމަށް ޔަގީންވާކަމަށެވެ.ނަމަވެސް ފަހުން  އެޑިޝަނަލް ކަމިސަނަރް އޮފް ޕޮލިސް އަބްދުލް ކަލާމް އާޒާދު ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޒުލްފިގާރު އަލީ  ދެއްކިވާހަކަތައް އެއްފަރާތްކޮށް އޭނާއަށް ބިރުދައްކާ އިންސްޕެކްޓަރ އޮފް ޕޮލިސް އާލަމްގީރު އަށް އެންގީ ސީއަޑީގެ ރިޕޯޓާއެއްގޮތަޢް ރައުދާއަމިއްލަޔަށްމަރުވިކަމަށް ނިންމުމަށެވެ.އަދި ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޒުލްފިގާރު އަލީ ނުހިމަނާ އަހަރެންނާ އަހަރެންގެ އަންހެނުން ޕީބީއައި އޮފިހަށް ފަހުން ހާޒިރުކޮށް އެޑިޝަނަލް ކަމިސަނަރް އޮފް ޕޮލިސް އަބްދުލް ކަލާމް އާޒާދާއި ،އިންސްޕެކްޓަރ އޮފް ޕޮލިސް އާލަމްގީރު މަޖުބޫރުކުރުވީ ރައުދާ ގެ މަރު އެއީ ސުއިސައިޑެއްކަމަށް ގަބޫލުކުރުމަށެވެ.

ރައުދާގެ މަރާގުޅޭގޮތުން މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން ގެ އެއްވެސް އިންވެސްޓިގޭޓަރަކު ރައުދާގެ މަރުގެ ކްރައިމްސީން ބަލަން ގޮސްފައެއް ނުވެއެވެ.ރައުދާ ގެ މަރާގުޅޭތުން އާއިލާއިން ބޭނުންވަނީ ރައުދާ ދަންޖެހުނީތޯ ސާފުކުރާކަށް ނޫނެވެ.މިހާތަނަށް ރައުދާގެ މަރާގުޅޭގޮތުން ލިބިފައިވާ ފޮރެންސިކް އަދި އޮޓޮޕްސި ހެކި ،ކްރައިމް ސީން އެވިޑެންސް ދައްކާގޮތުން ރައުދާވަނި ބަޔަކު މަރާލާފައިވާކަމަށް ދައްކާއިރު އަދި ރާޖްސާހީގެ ކޯޓަށް ބަންގްލަދޭސްގެ ޕޮލިސް ބިއުރޯއޮފް އިންވެސްޓިގޭޝަން (ޕީ.ބީ.އައި) އީން ފޮނުވާފަވާ ރިޕޯޓް ކޯޓުން ވަކިގޮތަކަށް ނިންމާފައެއް ނުވެއެވެ.އެރިޕޯޓްގަ ރައުދާއަމިއްލަ އަށް މަރުވިކަމަށް ނިންމީ ރައުދާގެ އައިފޯން 7 ން ޝާހީ ގަނީ އަށް ފޮނުވި މެސެޖާއި ޢޭނާޢާއެކު އިންޑިޢާގެ ކަލްކަތާގެ ހޯވްރާ ބްރިޖް މަތީ ނަގާފައިވާ ފޮޓޯ އަކާގުޅުވާފައެވެ..އެރޭ ޝާހީގަނީ ރައުދާގެ ފޯނަށް ތަފާތުފަހަރުމަތިން ގުޅަމުންގެންދާތީ އުނދަގޫވެގެން އޭނަ ފޮނުވި މެސެޖުގަ  "އައި އޮންލީ ލަވްޑް ޔޫ ބަޓް ޔޫ ކިލްޑް މީ" މިހެންނެވެ.ޓްވީޓާއިން އިންޒާރު ދިން ކެރަފާވަސީމާގެ ތްވިޓާ އެކައުންޓުން ރައުދާމަރާލިރޭ 29 މާރޗު 2017 ރޭގެ  08؛3 ގައި ފޮނުވި މެސެޖުގަވަނީ " ކަލޭ އަބަދުގެ އަބަދަށް މާފޮޅެން ﷲ ގެ ހަޒްރަތަށް ދާއިމަށް ފޮނުވާލާނެ ކަމަށެވެ." ދެން  މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ރައުދާ އާތިފް އަމިއްލައަށް މަރުވެފަވާކަމަށް ނިންމީ ކޮން ހެއްކެއް ގަރީނާއެއްގެ މައްޗަށް ބިނާކޮށްފަތޯއެވެ.ރައުދާގެ މަރުގެ އިން ޒާރު ޓްވިޓާ މެދުވެރިކޮށް ފޮނުވީ ކެރަފާ ވަސީމާގެ އެކައުންޓުން ކަމަށް ބުނާއިރު އަދި އޭނާ ކަމިޝަނަށް ހަޒިރުކޮށް ސުވާލު ކޮށްފައިވާކަމަށް  ހުސްނުއް ސުއޫދު ބުނާއިރު ރައުދާ އަމިއްލަސް ދަންޖެހިގެން މަރުވިކަމަށް ނިންމީ ރައުދާގެ ކްރައިމް ސީންއަށް ނުގޮށް ،ސައްކުކުރެވޭ ބެޗްމޭޓުން ނާ ހޮސްޓެލުގެ މުއައްޒަފުންގެ ތަހުގީގެއް ނުކޮށް ފިނިކޮޓަރީގެ 4 ފާރުގަ ތެރޭތިބެގެންނެވެ.

         ރައުދާ ގެ ކަރުގަ ހިފާމަރާލާފަ ހުރި ކަމުގެ އިންގިލީގެ ނިޝާންތައް،ކަރުގަ ބެޅްޓެއް އެޅުވާބާރުކުރުމުން ހުރި ލިގޭޗާ ނިޝާން ،މޫނުމަތީހުރި ޒަހަމްތައް،ކޮޓަރި ޢެތެޜޭން ތަންޑުއަޅާފަ ހުރިއިރު 10 އިންޗި 2 ތަންޑު ނުވަތަ ދޮރުހަލާކު ނުކޮށްލަ ކޮޓަރިއަށް ހޮސްޓެލްގެ ދަރިވަރުން އަދި މުވައްޒަފުން ވަންގޮތް ،ރައުދާހުރީ ސީލިންގް ފަންކަލެއްގަ ސްކާފެއްއެލުވައިގެން ދަންޖެހި މަރުވެފަ ކަމަށްވަންޔާ ފުލުހުން އައުމުގެ ކުރިން ރައުދާގެ ސްކާފް ކަނޑާލާ އެނދުމަށްޗަޢްތިރިކުރެނު ގޮތެއް އަދިސަބަބު،ކަޝްމީރުގެ ސީރަތު ޕަރުވިން ގެ ފޯނުން ފެނުނު ހެކިތައް ސީއައިޑީ އަދި ޕީއައިބީ ރިޕޯޓްގަ ނުހިމެނުނު ސަބަބު،ކެރަފާ ވަސީމާގެ ޓްވިޓާ އެކައުންޓުން އެރޭ 08؛3 ގަ ފޮނުވި މަރުގެ އިންޒާރު އަދި  އެސިސްޓަންޓް ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިއާޒު ރައުދާގެ ލިގޭޗާ ރޫޅާލާ މަރުގެ ހެކިތައް ނައތާލާ ރާޖްޝަޙީ ޑިޓެކްޓިވް ފުލުހުންގެ ތަހުގީގަށް ހުރަސްއަޅާ ހުއްޓުވިސަބަބު ، މިކަންތައްތައް ބުނެނުދެވުނީ ކީއްވެހެއްޔެވެ؟އަހަރެމެން އާއިލާއިންވީ ކަމިޝަނުގެ "ޖުހާ" ރިޕޯޓެއްގަބޫލުކުރްހެއްޔެވެ.

           މަރުގެ ތަހުގީގުގެއް ނިމުން ބިނާވެފަ އޮންނަންޖެހޭނީ ފޮނެސިކް ހެކި އަދި ކްރައިމްސީން އެވިޑެންސްގެ މަޢްޗަށް ބިނާކޮށެވެ.ހިޔާލީ ވާހަކައަކަށް ނޫނެވެ.ރައުދާ މަރާލިތާ 10 ދުވަސްފަހުން ވަނީ އިންޑިއާގެ ލަވްލީ ޔުނިވަރސިޓީގަ ފޮރެންސިކް އިން މާސްޓާސް އަށް ކިޔަވިމުންދިޔަ އަދި ދިވެހި ފުލުހުންގެ ޕޮރެންސިކް ޑިޕާޓްމަންޓުގެ އޮފިސަރުވެސް ހަމައެގޮތައް ދަންޖައްސާ މަރާލާފައެވެ. ވީމާ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރިކަމަށް ބުނާ ރިޕޯޓް އާއިލާއަކުން ގަބޫލެއްނުކުރެއެވެ.އަދި މީޑިއާއިން ހަގީގަތް ދިރާސާކޮށް މައްސަލަ ތަހުގީގުކޮށް ރައުދާގެ މަރުގެ ހަބަރު ފެތުރުމަށްވެސް އިލްތިމާސް ކުރަމެވެ.