ރައިވެރިމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ރައިވެރިމަސް

ރައިވެރިމަސް(ސައިންޓިފިކް ނަން: Sargocentron spiniferum)ނުވަތަ (އިނގިރޭސި ބަހުން: Sabre squirrelfish)އަކީ އާންމުކޮށް ރާއްޖޭގެ ތިލަ ފަރުފަޅުގެ ބޭރުގެ މުރަކަތަކުގެ ކައިރީގައި އުޅޭ މަހެކެވެ. މިއީ ދިވެހިން ދަންނަ މަޝްހޫރު މަހެކެވެ. ރައިވެރިމަހަކީ ހަރު ހަންގަނޑެއް އޮންނަ ކެއުމުގައި އަނގަޔަށް މީރު މަހެކެވެ. ނަމަވެސް ކައްޓާއި ހުޅުނބުގެ ތޫނުކަމުން ގިނަބަޔަކު މިމަހުގެ ބޭނުމެއް ނުކުރެއެވެ. މިބާވަތުގެ މަހުގެ އާއިލާގެ ތެރޭގައި ހިމެނޭ އިސްކޮޅުން އެންމެ ބޮޑު މަހަކީ މިއެވެ. މިމަސް އެންމެ ބޮޑުވަނީ 45 ސެންޓި މީޓަރަށެވެ. ރޭގަނޑުކުރާ ކެޔޮޅު ކަމުގައި އެއްހިސާބު ގަނޑަކުން ގިނައަދަދަކަށް މިބާވަތުގެ މަސް ބޭނެއެވެ. ރައިވެރިމަހަކީ ހަތާތަކުގެ ނިވަލުގައި ދުވާލުގެ ވަގުތުތައް ހޭދަކުރުމަށްފަހު ރޭގަނޑު ބައިބަޔަށް ނުކުމެއުޅޭ މަހެކެވެ. ރައިވެރިމަސް ގިނައިން ކައިއުޅެނީ ކަކުނި ފާނޑުގެ ސޫތްޕެވެ. އަދި މަދުމަދުން ކުދިމަސް ކައިއުޅެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 14 އާއި 16 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 9 ނުވަތަ 10 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ ރަތްލޭ ކުލައިގައެވެ. އެހެނިހެން ކޮތަރިތަކުގެ ކުލައަކީ ދޮން ނާރިނގު ކުލައެވެ. މަހުގެ ކަރުތާފަތުގެ މަތީގައި ހުންނަ ތޫނުދިގު ކައްޓަކީ މިމަސް ހިފައިގެން ގެންގުޅުމުގައި ވަރަށް ފަރުވާތެރިވާންޖެހޭ ކައްޓެކެވެ.