ރަންގުމޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރަންގުމޫ

ރަންގުމޫ (ސައިންޓިފިކް ނަން: Beta vulgaris)ނުވަތަ (އިނގިރޭސި ބަހުން: beetroot)އަކީ އަޑިއަށް ނުވަތަ ބިމުގެ ތެރެއަށް ގޮނޑިލައިގެން ހެދޭ ތަރުކާރީގެ ބާވަތެކެވެ. މިހާރު ދިވެހިންގެ ތެރޭގައި ރަންގުމޫ މަޝްހޫރު ވެފައި އޮންނަނީ ބީޓް ރޫޓް ގެ ނަމުންނެވެ. ރަންގުމޫ ގަސް ބޮޑުވަނީ އާންމު ގޮތެއްގައި 2-1 މީޓަރުގެ އުސްމިނަށެވެ. ހިތުގެ ބައްޓަމަން ހުންނަ ރަންގުމޫ ފަތުގެ ފުޅާމިނުގައި 20-2 ސެންޓި މީޓަރުވަރު ހުރެއެވެ. ރަންގުމޫ ގަހުގައި އަޅަނީ ވަރަށް ކުދި މަލެވެ. މިމަލުގެ ވަށަމިނުގައި ހުންނާނީ 5-3 މިލިމީޓަރު ވަރެވެ.

ރަންގުމޫ ގެ ތަފާތު ވައްތަރުތައް ހުރެއެވެ. ބައެއް ވައްތަރުގެ ރަންގުމޫ ގަހުގެ ފަތް ވެސް ކައިއުޅެއެވެ. އާންމު ގޮތެއްގައި ރަންގުމޫ ބޭނުންކޮށް އުޅެނީ ކައްކައިގެން ކެއުމަށެވެ. އަދި ބައެއް ފަަހަރު ކެއްކުމަށްފަހު އެއިން ތަފާތު ސަލަޑް ތައް ހެދުމުގައި ބޭނުންކުރެެއެވެ.