ރަންބުސްތާން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ރަންބުސްތާން ކޯންޏެއް

ރަންބުސްތާން(އިނގިރޭސި ބަހުން: Nephelium lappaceum)ނުވަތަ (އިނގިރޭސި ބަހުން: Rambutan) އަކީ މޭވާގެ ވައްތަރެކެވެ. ރަންބުސްތާން އަކީ ލީޗީ އާއި ވަރަށް އެއްގޮތް ކަމެއް ހުންނަ މޭވާ އެކެވެ. މިއީ ދެކުނު އޭޝިޔާ ސަރަހައްދުގައި ޚާއްޞަ ގޮތެއްގައި ހެދޭކަމަށް ފާހަގަވާ މޭވާ އެކެވެ. ޕެނަމާ، ކޯސްޓާރިކާ، އަދި ނިކަރާގުއާ ފަދަ ގައުމު ތަކުގައި ރަންބުސްތާން އަށް މެމޯން ޗީނޯ ގެ ނަމުން ނަންދީފައި ވެއެވެ.

ރަންބުސްތާން ގަސް އާއްމު ގޮތެއްގައި 20-10 މީޓަރުގެ އުސްމިނަށް ހެދެއެވެ. ރަންބުސްތާން ފަތުގެ ދިގުމިނުގައި 30-10 ސެންޓި މީޓަރު ވަރު ހުރެއެވެ. އަދި މަލުގެ ބޮޑު މިނުގައި ހުންނަނީ 5-2.5 މިލިމީޓަރު އެވެ.