ނޭފަތުގައި އެއްޗެއް ތާށިވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނޭފަތުގައި އެއްޗެއް ތާށިވުން(އިނގިރޭސި ބަހުން: Nasal FB impaction) އަކީ ވަރަށް ގިނަ ކުޑަކުދިންނަށް ދިމާވާ މައްސަލަ އެކެވެ. ނޭފަތުގައި އާންމުކޮށް ތާށިވާކަން ފާހަގަ ކުރެވިފައިވަނީ ބައެއް ކަހަލަ ގޮށާއި، މަދޮށި، އަދި ތަފާތު ވައްތަރުގެ އޮށް ފަދަ ތަކެއްޗެވެ. ނޭފަތުގައި އެއްޗެއް ތާށިވުމުން ފެނިދާނެ ކަންތައްތަކުގެ ތެރޭގައި އެއްޗެއް ތާށިވެފައިވާ ފަރާތުގެ ނޭފަތުގެ ހިނދުރި ބެދުން، އަދި އެފަރާތުން ނުބައިވަސް ދުވުމާއެކު ދޮސްއައުން، ނުވަތަ ދިޔައެއް އައުން، އަދި ބައެއް ފަހަރު އަންނަ ދިޔަ ލޭކުލައިގައި ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ. ނޭފަތުގައި އެއްޗެއް ތާށިވެ ނުނަގައި ގިނަ ދުވަސް ވެއްޖެނަމަ ސައިނަސް ، ނޭފަތް ދުޅަވުން ފަދަ ބައްޔެއް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. އަދި ނޭފަތު ހިލަ ފަދަ އެއްޗެއް ވެސް އުފެދިދާނެއެވެ. މިގޮތަށް ހިލަ އުފެދެން ދިމާވަނީ ކަންފަތުން ދޫކުރާ ދިޔައިގައި ހިމެނޭ ކެލްސިއަމް ގަނޑުލޭކޮޅު، ނުވަތަ ތާށިވެފައިވާ އެއްޗެއްގެ މައްޗަށް ޖަމާވުމުންނެވެ. ނޭފަތުގައި އެއްޗެއް ތާށިވެއްޖެނަމަ އަދަވާތެއްގެ އެހީގައި ތާށިވެފައި އިންކަން ދެނެގަނެވޭނެއެވެ. އަދި ހަމަ މިހެން އަދަވާތެއްގެ އެހީގައި ނޭފަތުގައި ތާށިވެފައިވާ މާއްދާ ނެގިދާނެއެވެ.