Jump to content

ނެލްސަން މަންޑޭލާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ނެލްސަން މަންޑޭލާ
Mandela, 76, in a portrait photograph
Mandela in 1994
ދެކުނު އެފްރިކާގެ 1 ވަނަ ރައީސް
މަޤާމުގައި
10 May 1994 – 14 June 1999
ނައިބު
  • Frederik Willem de Klerk
    (1994–1996)
  • Thabo Mbeki
    (1994–1999)
ކުރިން ހުންނެވީFrederik Willem de Klerk
ފަހުން ވަޑައިގަތީ
އުފަންވީ
Rolihlahla Mandela

(1918-07-18)18 ޖުލައި 1918
Mvezo, Cape Province, Union of South Africa
އަވަހާރަވީޑިސެމްބަރ 05 2013 (95 އަހަރުގައި)
Johannesburg, South Africa
ފަސްދާނުލެވިފައިވަނީMandela Graveyard, Qunu, Eastern Cape
ސިޔާސީ ޕާޓީAfrican National Congress
ދަރިން7
ސޮއި
ވެބްސައިޓްFoundation
Mandela during his 1994 visit to the US
Recorded on 4 October 1994

ނެލްސަން ރޮލިހްލަހްލާ މަންޑޭލާ (އުފަންވީ ރޮލިހްލަހްލާ މަންޑޭލާ؛ 18 ޖުލައި 1918 – 5 ޑިސެމްބަރ 2013) އަކީ ދެކުނު އެފްރިކާ އަށް ނިސްބަތްވެވަޑައިގަންނަވާ ނުފޫޒުގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ. އޭނާ ވަނީ 1994 އިން 1999 އަށް ދެކުނު އެފްރިކާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. މަންޑޭލާ އަކީ ދެކުނު އެފްރިކާގެ ޤައުމުގެ އިސް ވެރިއެއްގެ ގޮތުގައި ހޮވުނު އެންމެ ފުރަތަމަ ހަމުގެ ނުލައި ކަޅު ބޭފުޅާއަށެވެ. ހަމައެހެންމެ އެމަނިކުފާނު ވެފައިވަނީ ދިމިޤްރާޠީ ނިޒާމެއްގެ ތެރެއިން ނެގުނު ވޯޓެއްގެ ތެރެއިން ވެރިއަކަށް ހޮވުނު ފުރަތަމަ ރައީސެވެ.

މަންޑޭލާ އުފަންވެވަޑައިގަތީ ދެކުނު އެފްރިކާގެ މްވެޒޯ ގައި އޮންނަ ތެންބޫ ޝާހީ އާއިލާ އަށެވެ. އޭނާ ކިޔަވައިވިދާޅުވީ ފޯރޓް ހޭރ ޔުނިވަސިޓީ އިންނާއި ވިޓްވޯޓަރސަރްނޑް ޔުނިވަސިޓީ އިން ޤާނޫނެވެ. މަންޑޭލާ ވަނީ ޖޯހަނިސްބަރގު ގައި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. އެފްރިކަން ނެޝަނަލް ކޮންގްރެސް އަށް ވަދެވަޑައިގެން، 1944 ވަނައަހަރު ސިޔާސީ މައިދާނާއި ގުޅިވަޑައިގަތެވެ.