ނޫ މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ނޫމަސް

ނޫމަސް(ސައިންޓިފިކް ނަން: Paracaesio sordida)ނުވަތަ (އިނގިރޭސި ބަހުން: Blue snapper) އަކީ ރަތް މަސް އާއިލާގެ މަހެކެވެ. މިމަސް އާންމުކޮށް އުޅެނީ އަތޮޅު ތަކުގެ ބޭރުދުނީގެ ފަރުތަކުގެ ބޭރުން ވަރަށް ފުނުގައެވެ. ވުމާއެކު މިމަހަކީ އަޑިޔަށް ފައްތައިގެން ކުރާ ކުރާ ފަރުމަހުގެ މަސްވެރިކަމުގައި ވަރަށް ވެސް މަދުން ބޭނޭ ތަދު މަހެކެވެ. މިހާތަނަށް ރާއްޖޭގައި ރިކޯޑް ކުރެވިފައިވަނީ އެންމެ މަހެކެވެ. އެއީ ކ.ހުޅުލޭ ބޭރު ފަރާތުން ގާތްގަނޑަކަށް 100 މީޓަރުގެ އަޑިން ބޭނިފައިވާ މަހެކެވެ.

ނޫމަސް ދިރިއުޅެނީ 200-100 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިއީ ދޮންނޫ މަހާއި ވަރަށް ވައްތަރު ސިފަތަކެއް ހުންނަ މަހެކެވެ. ނޫމަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 10 ކައްޓާއި، 9 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 16 ނުވަތަ 17 މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތް ކަފިކޮށް ހުރެއެވެ. މަހުގެ ކުލައަކީ ގަދަނޫކުލަ އެވެ. ބަނޑުދަށް ފަރާތް ހުންނަނީ ހުދުކުލަ އެއްގައެވެ. ކޮތަރިބައިތައް ހުންނަނީ ފަނޑު މުށިކުލައަކަށްދާ ރީނދޫ ކުލައެއްގައެވެ. ނުވަތަ ހުދުކުލައެއްގައެވެ.