ނިޔަފަތި ރީނދޫވާ ބަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނިޔަފަތި ރީނދޫވާ ބަލި(އިނގިރޭސި ބަހުން: yellow nail syndrome) އަކީ ވަރަށް މަދުން ނަމަވެސް ދިމާވާ ޞިއްޙީ މައްސަލަ އެކެވެ. މިބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، ފުއްޕާމޭގެ ވަށައިގެން އޮންނަ ދުލިފަށް ގެ ތެރެއަށް ފެންފޭދި ޖަމާވުން، ގޮށްތައް ދުޅަވެ ބޮޑުވުން، އަދި ނިޔަފަތި ރީނދޫވުން ހިމެނެއެވެ. ނުވަތަ ނިޔަފަތީގައި ރީނދޫ ކުލަ ޖެހުން ހިމެނެއެވެ. ނިޔަފަތި ރީނދޫވާ ބަލި ޖެހޭ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަށް ވައިނޮޅީގެ ކަފި ފުޅާވުން ކުރިމަތިވާކަމަށް ވެއެވެ. ބޮޑެތި މީހުންނަށް ޖެހޭ މިބައްޔާއެކު ބައެއްފަހަރު ދާއިމީ ގޮތަކަށް ސައިނަސް ޖެހުން ، އަދި ދާއިމީ ގޮތެއްގައި ކެއްސުން ފަދަ އުދަގޫތައް ވެސް ކުރިމަތި ކުރުވައެވެ. މިބަލި ޖެހުމުން ނިޔަފަތި ތައް ބޯވެ، ނިޔަފަތި ތަކުގެ ފެހި-ރީނދޫ ކުލައެއް ޖަހައެވެ.