Jump to content

ނިގޫދޮންނޫ މަސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ނިގޫ ދޮންނޫމަސް

ނިގޫ ދޮންނޫމަސް (ސައިންޓިފިކް ނަން: Paracaesio xanthura)ނުވަތަ (އިނގިރޭސި ބަހުން: Yellowtail blue snapper)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން މަދުމަދުން ފެންނަ މަހެކެވެ. މިއީ ދިވެހި މަސްވެރިން ކުރާ ތަފާތު މަސްވެރިކަމުގައި ބޭނިފާ ހުއްޓާ ވަރަށް ނުފެންނަ މަހެކެވެ. މިމަހަށް ނިގޫ ދޮންނޫމަސް ކިޔާފައިވަނީ މަހުގެ އިގިރޭސި ނަމާއި ގުޅޭގޮތުން ސިޔަފަށް ވިސްނާ އެގޮތުގެ މަތީންނެވެ. މިއީ ނޫމަހުގެ އާއިލާގެ މަހެކެވެ. މިމަހަށް ބައެއް ދިވެހިން ދޮންނޫ މަސް ކިޔާއުޅުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ދޮންނޫމަހުގެ ސިފަ މިމަހުގައި ވަރަށް ފާޅުކޮށް ފެންނަން ހުންނާތީ އެވެ.

މަހުގެ އަނގައިގެ ދިގުމިން ލޮލުގެ ފުޅާމިނާއި ގާތްގަނޑަކަށް އެއްވަރުވާނެއެވެ. ކަންފަތް ދިގެވެ. އަދި ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިވެފައެވެ. މަހުގައި ކުދި ހުޅުބު ތަކެއް ހުރެއެވެ. ކުލައަކީ ނޫކުލައާއި ރީނދޫ ކުލައެވެ. މަތީ ކޮތަރިބަޔާއި ނިގޫފަތުގެ ކުލައަކީ ރީނދޫ ކުލައެވެ. އެހެން ކޮތަރިތައް ހުންނަނީ ހުދުކުލައެއްގައެވެ. ނިގޫ ދޮންނޫމަސް ދިރިއުޅެނީ 150-20 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 40 ސމ އަށެވެ. މިއީ ބޮޑެތި އައިން ހަދައިގެން އަޑީގައި އުޅޭ މަހެކެވެ.