Jump to content

ނިގޫދިގު ކަންނެލި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ނިގޫދިގު ކަންނެލި

ނިގޫދިގު ކަންނެލި (އިނގިރޭސި ބަހުން: Thunnus tonggol)ނުވަތަ (އިނގިރޭސި ބަހުން: Longtail tuna)އަކީ އިންޑިޔާ ކަނޑާއި، ހުޅަގު ޕެސިފިކްގެ ކަނޑުތަކުގައި އައިން ހަދައިގެން އުޅޭ ކަނޑުމަހުގެ ބާވަތެކެވެ. މިއީ ރާއްޖެއިން ވަރަށް މަދުން ފެންނަ މަހެކެވެ. ނަމަވެސް މިބާވަތުގެ މަސް އިންޑިޔާގެ އައްސޭރި ކައިރި ކަނޑުތަކުގައި ގިނަ އަދަދަކަށް އުޅެއެވެ. މިބާވަތުގެ ކަންނެލި ފުރަތަމަ ފަހަރަށް ރާއްޖޭގައި ރިކޯޑް ކުރެވުނީ 1994 ވަނަ އަހަރު ހުވަދޫ ކަނޑުގެ ތެރޭގައި، މެރިން ރިސާރޗް ސެންޓަރުން ހިންގި މަހުގައި ފާހަގަ ޖެހުމުގެ ހަރަކާތުގެ ތެރެއިންނެވެ. މިއީ ރީނދޫ އުރަހަ ކަންނެލި އާއި ވައްތަރު މަހެކެވެ. މިކަންނެލި އެހެނިހެން ކަންނެއްޔާ ތަފާތު ވެފައި ހުންނަނީ މަހުގެ ނިގޫކޮޅަށް ހިމަކަމުންނެވެ. މިސިފަޔަށް ބަލާ އާއްމުކޮށް ފެންނަ ކަންނެއްޔާ، މިބާވަތުގެ ކަންނެލި ވަކިކުރަން ދައްޗެއް ނުވާނެއެވެ.

މަހުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުނޫކުލައެކެވެ. މަހުގެ އަރިމައްޗާއި ބަނޑުދަށް ފަރާތް ހުންނަނީ ރިހި ކުލައިގައެވެ. މަހުގެ ދިގަށް ބަނޑުދަށް ފަރާތާއި އަރިއަރިމަތީގައި ކެނޑިކެނޑިފައި ހުންނަ ހުދު ކުލައިގެ ބައިބަޔަށް ހުންނަ ރޮނގުތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 1.3 މީޓަރަށެވެ. މަހުގެ އެންމެ އާންމު ކާނާއަކީ ބޯވަ، ބޯވަ ދިލަމަހާއި، ޑިނގާ ފާނޑުގެ ސޫތްޕާއި މަސްމަހާ މެއްސެވެ