ނިކޮޓީން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފަނީ އޭގެ ދުމުގައި އެކުލެވޭ ނިކޮޓީން ގެ ސަބަބުންނެވެ. މިއީ ނާރުތަކުގެ ނިޒާމް މުރާލިކޮށް، ހިތުގެ ވިންދު ޖެހުން އަވަސްކޮށް، ލޭގެ ޕްރެޝަރު މައްޗަށް ގެންދާ ކަމެކެވެ. ހަށިގަނޑަށް ދުން ވާޞިލްވާތާ 10 ސިކުންތުގެ ތެރޭގައި ނިކޮޓީން ސިކުނޑިއަށް ވާޞިލްވެއެވެ. އުރަމަތިން ބޭރުވާ ކިރު އަދި ހަށިގަނޑުގެ އެހެން ބައިތަކުން ވެސް ނިކޮޓީންގެ އަސަރު ފެނެއެވެ. ނިކޮޓީންގެ އެންމެ 60މލގ މީހެއްގެ ދޫމަތީގައި ބާއްވައިފިނަމަ ހިނދުކޮޅެއްގެ ތެރޭގައި އެމީހާ މަރުވެދެއެވެ.