ނަންޖިންގެ ޕޯރސިލޭން ޓަވަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނަންޖިންގެ ޕޯރސިލޭން ޓަވަރު އަކީ ޗައިނާގެ ނަންޖިންގެ ޔެންޒީގެ ދެކުނު އައްސޭރި ފަށުގައި ހުންނަ ތާރީޚީ ބިނާއެކެވެ. މިތަން ބިނާކުރެވިފައިވަނީ ޗައިނާގައި މިންގް ދަރިކޮޅު ރަސްކަންކުރެއްވި ދުވަސްވަރު ކަމަށްވާ މީލާދީން 15 ވަނަ ގަރުނުގެ ތެރޭގައެވެ. ނަމަވެސް 19 ގަރުނުގެ ތެރޭގައި ޓެއިޕިންގ ބަޣާވާތުގެ ތެރޭގައި ހިނގި ހަމަ ނުޖެހުމުގައި މިތަންވަނީ ހަލާކުކޮށްލާފައެވެ. އަލުން ހަދައި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިޓަވަރު އިންނަނީ އަށްކަނަށް ވާގޮތަށެވެ. އެންމެ ތިރީގެ ވަށަމިނުގައި ގާތްގަނޑަކަށް 97 ފޫޓް ހުރެއެވެ. 260 ފޫޓްގެ އުސްމިން ހުންނަ މިތަނަކީ ފުރަތަމަ ބިނާކުރެވުނު ދުވަސްވަރު ޗައިނާގައި ހުރި އެންމެ އުސް އިމާރާތް ވެސް މެއެވެ.