ނަނާ ހުވަފެން ދުށީމޭ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނަނާ ހުވަފެން ދުށީމޭ (ޅެން)

ނަނާ ހުވަފެން ދުށީމޭ މިޢީ ދިވެހި ޅެންވެރިކަމުގެ ތެރޭގައި ވަރަށަ އަގުބޮޑު ޖަވާހިރެކެވެ. ދިވެހިޅެންތަކުގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ޅެމެކެވެ. މިޅެން ހައްދަވާފައިވަނީ އައްމަރުހޫމު ހުސައިން ސަލާހުއްދީނެވެ. މިޅެން ކިޔުއްވާ ފައިވަނީ ނައިފަރު ދޮހޮއްކޮއެވެ. މިތަނުގައި މިޅެން ނަކަލުކޮށްލާނަމެވެ.


ނަނާ ހުވަފެން ދުށީމޭ ދަރާ ވާ ހިނދު ދުނިޔެއިން

ބާރަކާ މީހަކުގެ ނުމެލައި އާރަކަށް މާމުއި ފެތޭތީއޭ

(ނަނާ ހުވަފެން ދުށީމޭ)

ޅަ ފިސާރި މަގޭ ރަންކޮޅާ މަ ފިސާރި ތެދެއް ބުނަންހޭ × 2

އަފިލާ ގަސްގަހުގެ ކުރިޔަށް ކަފިހި ބޮލި މަސްލާ ދުވާތީއޭ

(ނަނާ ހުވަފެން ދުށީމޭ)


(ދަރާ ވާ ހިނދު ދުނިޔެއިން

ބާރަކާ މީހަކުގެ ނުމެލައި އާރަކަށް މާމުއި ފެތޭތީއޭ

ނަނާ ހުވަފެން ދުށީމޭ)


އަޚު މަގޭ ހެޔޮ ކަތުންނޭ ތަހުވާވެ އަނާ ބުނަންހޭ × 2

ބަޚުތު ޖަމާލު ހެދި ފަދަ ތަޚުތެއް މަތީގާ ނިދީތީއޭ

(ނަނާ ހުވަފެން ދުށީމޭ ދަރާ ވާ ހިނދު ދުނިޔެއިން)


މިލަކުން މަގޭ މިތުރާ ތިލަވާ ޅެން ބަހުން ބުނަންހޭ × 2

ކިލަނބުނާގައި މަތިން ދޮޅު ބިލަކަޅު ކަނޑުމަސް ފުމޭތީއޭ

(ނަނާ ހުވަފެން ދުށީމޭ ދަރާ ވާ ހިނދު ދުނިޔެއިން

ބާރަކާ މީހަކުގެ ނުމެލައި އާރަކަށް މާމުއި ފެތޭތީއޭ

ނަނާ ހުވަފެން ދުށީމޭ)


ނަނާ ތެދެކޭ ކަތުންނޭ ވަނާޖިދުވާ ވަރެއްހޭ × 2

އާނުގެ އަޑިން ދިރޭ ރަހަ ބާނިލާ ކެކިގެން އަރާތީއޭ

(ނަނާ ހުވަފެން ދުށީމޭ ދަރާ ވާ ހިނދު ދުނިޔެއިން)


ރޯދީނޭ އައްސަވާށޭ ދޯ ނުވާ މީ ބަހެކޭ × 2

ގޯތި ތެރެއިން ޖަވާހިރު ކޯދުލާ ފޮޅިގެން އަރާތީއޭ

(ނަނާ ހުވަފެން ދުށީމޭ ދަރާ ވާ ހިނދު ދުނިޔެއިން

ބާރަކާ މީހަކުގެ ނުމެލައި އާރަކަށް މާމުއި ފެތޭތީއޭ

ނަނާ ހުވަފެން ދުށީމޭ)


އަސްތާ ތެދެކޭ ކަތުންނޭ ގަސްތުން އިނދެފާ ބުނަންހޭ × 2

އަސްތާ އަޅުގަނޑު ދުށީމޭ ރަސްދަނބުރުކަކު އެތް ފޮޅޭތީއޭ

(ނަނާ ހުވަފެން ދުށީމޭ ދަރާ ވާ ހިނދު ދުނިޔެއިން)


ދަތިނުވެ ނިދުމަށް މަ އޮއްވާ ލަތިދީ މިތުރާ މަގޭގައި × 2

އަފިލާއެއް ނެތި މިތާގައި ގަތިނުއޮޅިފައި ނަންނުދާތީއޭ

(ނަނާ ހުވަފެން ދުށީމޭ)


ތަފާތެއް ނުވެ ހުރެފައި ބަފާ ގާތުގަ ބުނަންތާ × 2

ލަފާކަމަކަށް ވެދާނޭ އޭ ޚަފާ މާރިނދަ ގޮވާތީއޭ

(ނަނާ ހުވަފެން ދުށީމޭ ދަރާ ވާ ހިނދު ދުނިޔެއިން

ބާރަކާ މީހަކުގެ ނުމެލައި އާރަކަށް މާމުއި ފެތޭތީއޭ

ނަނާ ހުވަފެން ދުށީމޭ) udeylia 16:07, 6 ޑިސެމްބަރު 2009 (UTC)