Jump to content

ށ. އަތޮޅު މަދަރުސާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ށ. އަތޮޅު މަދަރުސާ ހުންނަނީ ށ. ކަނޑިތީމުގައެވެ. ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން އިމާރާތް ކުރެވިފައިވާ މި މަދަރުސާ ހުޅުވުނީ 1986 ވަނަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހުއެވެ.

ށ. އަތޮޅު މަދަރުސާގެ ކިޔަވައިދިނުން ފެށިގެން އައީ ފަށާ ތައުލީމު (ޕްރައިމަރީ) ގެ މިންވަރަށް އުނގަންނައިދޭ މަދަރުސާއެއްގެ ގޮތުގައެވެ. އޭރު ގްރޭޑް 1 އިން 5 އަށް ކިޔަވައިދެމުން ދިޔަ ނަމަވެސް 1998 ވަނަ އަހަރުން ފެށިގެން ސާނަވީ ގްރޭޑްތައް ތައާރަފް ކުރެވި ކިޔަވައިދެމުން ދިޔައެވެ. އަދި 2006 ވަނަ އަހަރުން ފެސިގެން މަތި ސާނަވީ ފެންވަރަށް ކިޔަވައިދޭން ފެށުނެވެ.

ފާއިތުވި އަހަރުތަކުގައި މި ސްކޫލް ވަނީ ސާނަވީ ފެންވަރުގައި ރާއްޖެއިން ފާހަގަ ކުރެވޭ ވަނަތައް ހޯދާފައެވެ.

ސްކޫލުގެ ފުރަތަމަ

[އުނިއިތުރު ގެންނަވާ]

ސްކޫލްގެ ފުރަމަ ނާޒިރަކީ އަލްފާޟިލް ޢަލީ މުޙައްމަދު މަނިކެވެ. އޭނާ އަކީ ބ. ކުޑަރިކިލު ބޭފުޅެކެވެ.

ސްކޫލުގެ ފުރަތަމަ އަހަރު މަސައްކަތް ކުރެއްވި ޓީޗަރުންނަކީ މުޙައްމަދު ވަހިދު (މުލަކު)، ޒާހިރު (މަރޮށި) އަދި އިސްމާއިލް ޝަރީފް (ކޮމަންޑޫ) ފަޒުނާ (މާކަނޑޫދޫ) މިއެވެ.

ސްކޫލުގެ ފުރަތަމަ ބިދޭސީ ޓީޗަރަކީ މރ. މުއްތުލިންގަމް އެވެ. އޭނާ ކިޔަވައިދެއްވީ އިނގިރޭސި ބަހެވެ. އޭނާއަކީ ސްރީލަންކާ ރައްޔިތެކެވެ.

ސްކޫލުގެ ފުރަތަމަ ހެޑްމާސްޓަރަކީ އަލްފާޟިލް ހަސަން ހަނީފް އެވެ.

ފުރަތަމަ ސްކޫލް ކެޕްޓަނަކީ ހުސައިން ސޮލަހް އެވެ.

ސްކޫލުގައި ފުރަތަމަ ރަޖިސްޓްރި ކުރެވުނު ދަރިވަރަކީ .... އެވެ.

މަދަރުސާގެ ހިންގުމާ ހަވާލުވެ ތިއްބެވި ފަރާތްތައް

[އުނިއިތުރު ގެންނަވާ]
  • ޢަލީ މުޙައްމަދު މަނިކު (އެދުރުބޭ)
  • ޙަސަން ހަނީފް
  • އަމްޖަދް އަބްދުލް ވައްހާބް
  • ހައްމާދު މުޙައްމަދު
  • އިބްރާހިމް މޫސާ
  • ޒަކީ
  • ތޯހިރާ
  • ޙުސައިން ފަޔާޒް
  • މުޙައްމަދު އިމްރާން

ސްކޫލުގައި މަަސައްކަތް ކުރެއްވި ޓީޗަރުން

[އުނިއިތުރު ގެންނަވާ]
  • އިސްމާއިލް ޝަރީފް (ށ. ކޮމަންޑޫ)
  • މުޙައްމަދު ވަހީދު (ޏ. ފުއައްމުލައް)