ހެލެނބެލި
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/0/07/Tamarind_fruit.jpg/250px-Tamarind_fruit.jpg)
ހެލެނބެލި(ސައިންޓިފިކް ނަން: Tamarindus indica)ނުވަތަ (އިނގިރޭސި ބަހުން: Tamarind)އަކީ ހުތްރަހަގަދަ ތޮޅިއެކެވެ. މީގެހުތް ކެއުމަށާއި ބޭހަށް ބޭނުންކުރެއެވެ. ހެލެބެލި ތޮޅި އަޅާ ގަހަށް ވެސް ދިވެހި ބަހުން ކިޔަނީ ހެލެނބެލި އެވެ. ހެލެނބެލި އޮށް، ފަތް، ތޮޅި އަދި ހެލެނބެލި ގަހުގެ އެހެނިހެން ބާވަތްތަކަކީ ވެސް ދިވެހި ބޭސްވެރިކަމުގައި ބޭނުންކޮށް އުޅޭ ބާވަތް ތަކެކެވެ. ހެލެނބެލި އާންމުކޮށް ދިވެހިން ކައިއުޅެނީ އެއިން ތައްޔާރުކޮށްފައި ހުންނަ ގަނޑު ހުތެވެ. ނަމަވެސް ހެލެނބެލި ދޮންވެ ފުރިހަމަވުމުން ވެސް ކައި އުޅެއެވެ. ހެލެނބެލި ދޮންނުވާއިރު ހުންނަނީ ފެހި ކުލައިގައެވެ. ދޮންވެ ފައްކާވުމުން ހުންނަނީ މުށި ކުލައިގައެވެ.