ހުއިފަތު ފިލޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ހުއިފަތު ފިލޮޅު

ހުއިފަތު ފިލޮޅު (ސައިންޓިފިކް ނަން: Lethrinus miniatus)ނުވަތަ (އިނގިރޭސި ބަހުން: Trumpet Emperor) އަކީ މިރާއްޖޭގެ ތިލަ ފަޅުފަޅުގައި ގިނައިން އުޅޭ މަހެކެވެ. މިމަސް އާންމުކޮށް ގިނައިން އުޅެނީ ފަޅުތެރޭގައި ހުއިފަޅާފައި ހުންނަ ހިސާބުތަކުގައި، ބައިބަޔަށެވެ. ރަށްރަށުގެ ބޭރުމައްޗާއި، ފުން ވިލުވިލުގައި ވެސް މިމަސް ދިރިއުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މިރާއްޖޭގެ ރަށްރަށުގެ ފަޅުތެރޭގައި ދާއަޅައިގެން މަސްހިފާއިރު ހުއިފަތު ފިލޮޅު ގިނައަދަދަކަށް ހިފިފައި ހުރެއެވެ.

މަހުގެ ތުންދިގު ވެފައި މަހުގެ ހަށިގަނޑުގައި ހުންނަ ހުޅުބުތައް ހަރުވެފައި ބޮޑެއްޗެވެ. މަހުގެ ބޮލުގެ މަތީ ބަޔާއި، ކޯތާފަތް، އަދި ކަންފަތްގަނޑުގެ ބުޑުދޮށުގައި ހުޅުބެއް ނުހުރެއެވެ. މަހުގެ ކުލައަކީ މުށި ކުލައެވެ. މިކުލަ މަހުގެ ބަނޑުދަށް ފަރާތުގައި ފަނޑެވެ. މަހުގެ ކަންފަތް ގަނޑުގެ މެދެއްހާ ހިސާބުގައި އަރިމަތީގައި ފަނޑުކޮށް ހުންނަ މުށިކުލައިގެ ލަފެއް ހުރެއެވެ. މަހުގެ ތުނބުން ލޮލަށް މުށިކުލައިގެ ރޮނގެއް ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުލައަކީ އަޅިކުލައެވެ.