ހުއިފަތު މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ހުއިފަތު މަސް

ހުއިފަތު މަސް (ސައިންޓިފިކް ނަން: Lobotes surinamensis)ނުވަތަ (އިނގިރޭސި ބަހުން: Atlantic tripletail) އަކީ އެތެރެވަރީގެ ކަނޑުތަކާއި، އަތޮޅުން ބޭރު މާކަނޑުތަކުގައި ދިރިއުޅޭ ވަރަށް ބުރަހެލި މަހެކެވެ. މިބާވަތުގެ ބޮޑެތި މަސް މާކަނޑުތަކުގައި އުޅޭކަމުގައި ވިޔަސް ކުދިމަސް ރަށްރަށުގެ ފަޅުތެރޭގެ ތިލަ ހިސާބުން ބައެއް މޫސުމްގައި ފެނެއެވެ. މިގޮތުން ފަޅުތެރެއަށް ވަދެއުޅޭ ކުދިމަސް ދުވެއުޅެނީ އަރިއަރިއަށް ތިބެގެން ވަރަށް މަޑުމަޑުންނެވެ. މިގޮތަށްދުވާއިރު އެއީ މަހެއްކަން ދެނެގަތުމަކީ ދަތިކަމެކެވެ. ބޮޑަށް ހީވަނީ މަރުވެފައިވާ ހުއިފަތްކޮޅެއް މޫދުގައި އޮޔާދަނީ ހެންނެެވ. މިމަހަށް ހުއިފަތު މަސް ކިޔާއުޅެނީ މަހުގެ މިސިފަޔަށް ވިސްނާފައެވެ. މިގޮތުން ތިލަ ފަޅުތަކުގައިއުޅޭ ކުދިމަސް މޫދަށްއެރިއުޅޭ ކުޑަކުދިން މަޖަލަކަށް ހިފައި އުޅެއެވެ.

ހުއިފަތުމަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 އާއި 13 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. އަދި 13 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބަޔާއި، ބަނޑުދަށް ފަރާތު ކޮތަރިބައިގެ މަޑުކަށިތައް ހުންނަ ބައި ހުންނަނީ ކޮޅަށް ވަށްކޮށެވެ. ނިގޫފަތް ވެސް ހުންނަނީ ވަށްކޮށެވެ. މަހުގެ ކުލައަކީ ގަދަމުށި ކުލައެވެ. މިމަސް ގިނައިން ކައިއުޅެނީ ކަނޑުފަޅުގެ އަޑީގައި އުޅޭ ކަކުނި ފާނޑުގެ ސޫތްޕާއި، ކުދިމަހެވެ. މިމަސް އެންމެ ބޮޑުވަނީ 100 ސމ އަށެވެ. ނަމަވެސް ގިނައިން ފެންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 50 ސމ އެވެ. މިއީ މިއާއިލާގެ މަސްތަކުގެ ތެރެއިން އިންޑިޔާ ކަނޑުގެ މިސަރަހައްދުގައި ދިރިއުޅޭ ހަމައެކަނި ބާވަތެވެ.