ހީމަގްލޯބިން ޑީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހީމަގްލޯބިން ޑީ (އެޗް.ބީ.ޑީ) އަކީ ލޭގައި ހުންނަ އާދަޔާ ޚިލާފު ކަމެކެވެ. ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. ހީމަގްލޯބިން ޑީ އަކީ މީގެތެރެއިން ބީޓާ ޗެއިން ގައިވާ އާދަޔާ ޚިލާފު ކަމެކެވެ. ހީމަގްލޯބިން ޑީ ގެ ތަފާތު 7 ބާވަތެއް ހުރެއެވެ. މީގެ ތެރެއިން އެންމެ ޢާންމު ވައްތަރަށް ކިޔަނީ އެޗް.ބީ.ޑީ ޕަންޖާބް އެވެ. ދިވެހިރާއްޖެ އިން ވެސް މިހާތަނަށް ފެނިފައިވަނީ އެޗް.ބީ.ޑީ ޕަންޖާބް އެވެ. ތެލެސީމިޔާގެ އެހެން ބާވަތްތަކެކޭ އެއްފަދައިން މިއީ ވެސް މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ.