ހީމަގްލޯބިން އީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހީމަގްލޯބިން އީ (އެޗް.ބީ.އީ) އަކީ ލޭގައި ހުންނަ އާދަޔާ ޚިލާފު ކަމެކެވެ. ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. ހީމަގްލޯބިން އީ އަކީ މީގެތެރެއިން ބީޓާ ޗެއިން ގައިވާ އާދަޔާ ޚިލާފު ކަމެކެވެ. މިއީ މަދުން ނަމަވެސް ދިވެހިރާއްޖެ އިން ފެންނަ ވައްތަރެކެވެ.