ހިޕޯޕޮޓަމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހިޕޯޕޮޓަމަސް ނުވަތަ ހިޕޯއަކީ އެފްރިކާގައި ދިރިއުޅޭޖަނަވާރެކެވެ. އޫރާއި އެއްގޮތައް ހިޕޯއަކީވެސް ފަލަ، ޗަބީ، ބޮޑު ބޮލަކާއި ފަލަ ކަރެއް ލިބިފައިވާ ހައިވާނެކެވެ. ހަގީގަތުގައި ހިޕޯއަކީ އޫރުގެ އާއިލާއާއި ގުޅުންހުރި ހައިވާނެކެވެ. ދެވައްތަރެއްގެ ހިޕޯ ދިރިއުޅެއެވެ. އެއީ ޕިގްމީ ހިޕޯ އާއި ކޯރު ހިޕޯއެވެ. ޕިގްމީ ހިޕޯގެ ދިގުމިނުގައި 6ފޫޓް އަދި ބަރުދަނުގައި 270ކިލޯގްރާމް ހުރެއެވެ. މިވައްތަރުގެ ހިޕޯގެ ހަންގަނޑު ހުންނަނީ ކަޅު-ފެހި ކުލައެއްގައެވެ. މިވައްތަރުގެ ހިޕޯ ދިރިއުޅެނީ ޖަންގަލިތަކުގައްޔާއި ކޯރުތަކުގެ އައްސޭރީގައެވެ. ކޯރު ހިޕޯއަކީ މިއައްވުރެ ބޮޑު ޖަނަވާރެކެވެ. އަދި އޭގެ ކުލައަކީ ރަތް-އަޅި ކުލައެކެވެ. މިވައްތަރުގެ ހިޕޯ 16ފޫޓްގެ ދިގުމިނަށް ބޮޑުވެއެވެ.މިއީ އާދައިގެ ކާރުތަކަށްވުރެން ދިގު މިންވަރެކެވެ. ކޯރު ހިޕޯގެ ބަރުދަނުގައި 4000ކިލޯގްރާމް ހުރެއެވެ. މިއީ ބޮޑެތި 45ފަސްމީހުންގެ ބަރުދަނަށްވުރެންވެސް ބަރު މިންވަރެކެވެ.