ހިސްޓީރިޔާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހިސްޓީރިޔާ(އިނގިރޭސި ބަހުން: Hysteria) އަކީ ހަށިގަނޑުގެ އިހްސާސީ، ހަރަކާތީ އަދި ނަފްސާނީ ލޮޅުންއެރުން ކުރިމަތިކުރުވާ މެންޓަލް ޑިސްއޯޑަރ އެކެވެ. ހިސްޓީރިޔާ އަކީ ވަކި ގުނަވަނެއްގެ ބައްޔަކަށް ބަރޯސާވާ ކަމެއް ނޫނެވެ. އާންމުކޮށް ހިސްޓީރިޔާ ގެ މައްސަލަ ދިމާވަނީ އަންހެނުންނަށް ކަމަށް ފާހަގަވެފައި ވިޔަސް ، ފިރިހެނުން އަދި ހުރިހާ އުމުރެއްގެ މީހުންނަށް މިމައްސަލަ ކުރިމަތިވާ ކަމަށް ވެއެވެ. ހިސްޓީރިޔާގެ ސަބަބުން ކުރިމަތިވާ އުދަގޫ ތަކުގެ ތެރޭގައި ހާސްވުން، ފިކުރު ބޮޑުވުން، ކަންބޮޑުވުން، އިހްސާސް ގަދަވުން، އިހްސާސް ދަށްވުން، އިހްސާސް ނެތުން، ނުވަތަ އައްސިވުން، ފަދަ ކަންތައް ހިމެނެއެވެ. މީގެ އިތުރުން ވާގިނެތުން، ތުރުތުރުއެޅުން، ފިޓްޖެހުން ފަދަ ކަންތައް ވެސް ކުރިމަތިވެއެވެ. ހަދާންނެތުން އަދި ނިދީގައި ހިނގުން ފަދަ ކަންކަމަކީ ވެސް ވެދާނެ ކަންކަމެކެވެ.