ހިތި ދަމުއި
Appearance
ހިތި ދަމުއި(އިނގިރޭސި ބަހުން: Carum copticum)ނުވަތަ (އިނގިރޭސި ބަހުން: Ajwain) އަކީ ދަމުއިގެ ބާވަތެކެވެ. ހިތި ދަމުއި ހުންނާނީ ދިރިއާ ވައްތަރުކޮށް ދިރިފުކެއްގެ ދެބައިކުޅަ އެއްބައިވަރަށެވެ. މިއަށް ހިތިދަމުޔޭކިޔަނީ ހިތި ކައްކާއިރު އެއަށް އަޅަން ބޭނުންކުރާ އެއްޗަކަށްވާތީއެވެ. ހިތި ދަމުއި އަށް ދިވެހިން ބޭސް ދަމުއި މިހެން ވެސް ކިޔައި އުޅެއެވެ.
ހިތި ދަމުއި އަކީ ދިވެހި ބޭސްވެރިކަމުގެ ތަފާތު ގޮތްގޮތަށް ބޭނުންކޮށް އުޅެއެވެ. ކެއުމަށް ބޭނުންކުރާ ތަފާތު ތޮޅިތައް ކެއުމުން ބަނޑުތެރޭގައި އުފެދޭ ވައިގެ މިންވަރު ހިތި ދަމުއި އާއި ތޮޅި އެއްކޮށް ކެއްކުމުން ކުޑަކޮށްދެއެވެ. ކުރީ ޒަމާނުގައި ހޮނޑުލުން މަނާކޮށްދޭ ބޭހެއްގެ ގޮތުގައި ވެސް ހިތި ދަމުއި ބޭނުންކޮށްފައި ވެއެވެ.
- ނޯޓް: ދިވެހި ބަހުން ދަމުއި ގެ ދެބާވަތް ހުންނަކަމަށް ކިޔައެވެ. އެއީ ފަރިހި ދަމުއި އަދި ހިތި ދަމުއި އެވެ. ނަމަވެސް ޢިލްމީ ނަޒަރަކުން ބަލާއިރު ދަމުއި، ފަރިހި ދަމުއި އަދި ހިތި ދަމުއި މި ތިން ބާވަތަކީ ވެސް މުޅިން ތަފާތު ތިން ބާވަތެވެ.