ހިތި ދަނޑި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ހިތި ދަނޑި(އިނގިރޭސި ބަހުން: Cinchona) އަކީ ބޭހަށް ގެންގުޅޭ ހިތިރަހަލާ ހިމަދަނޑިއެކެވެ. މިއީ ރާއްޖެއިން ބޭރުން ގެންނައެއްޗެކެވެ. މީގެ ގަސްހެދެނީ އޮނު ހުންނަ ގޮތަށް ބަދަބަދަލައިފައި ބަދަތައް ވަރަށް އޮމާން ކޮށެވެ. ބަދަތައް ހުންނަނީ ހިމަކޮށެވެ. ގާތްގަޑަކަށް ކުޑަވާއިނގިއްޔެއްހާ ފަލަމިނެއްގައެވެ. ފަތްތައްވެސް ހުންނަނީ އޮނުފަތާ ވައްތަރުކޮށް އެއަށްވުރެ ކުދިކޮށެވެ. މިގަސް ހެދެނީ ގާތްގަނޑަކަށް 5 ފޫޓެއްހާވަރަށެވެ. އިނގިރޭސިބަހުން މިގަހަށް ކިޔަނީ ސިންކޯނާއެވެ