ހިމަބިހި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހިމަބިހި (އިނގިރޭސި ބަހުން: Measles) އަކީ މީސްލްސް ވައިރަސް (އިނގިރޭސި ބަހުން: Measles virus) ގެ ސަބަބުންޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިބަލި ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިން ( ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ) މިބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

ހިމަބިހި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ނޭފަތުން އަރިދަފުސް އަދި ފެން ފޭބުން، ލޮލުރޯގާޖެހުން، އަދި އަނގައިގެތެރޭގައި ރަތް ކުލައަކަށް ހުންނަ ތިކިތަކެއް ނުވަތަ ފޮޅުތަކެއް ފާޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހިމަބިހި ޖެހޭތާ 4 ވަނަ ދުވަސް ހިސާބުގައި ހަށިގަނޑުން ތުނި ބިހި، ނުވަތަ ފެންބިހި ތަކެއް ފާޅުވާން ފަށައެވެ. މިފެންބިހި ތައް ފުރަތަމަ ފާޅުވަނީ މޫނު މަތީގައެވެ. އެއަށްފަހު އަތް ފައި އަދި ބުރަކައްޓާއި މޭމަތީގައި މިބިހިތައް ނަގަން ފަށައެވެ. ގާތްގަނޑަކަށް 5 ދުވަސްވަންދެން މިބިހިތައް ދެމިހުރެއެވެ.

ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން 9 މަހުގައި މީސްލްސް ވެކްސިން ދިނުމަކީ މުހިއްމު ކަމެކެވެ.