Jump to content

ހިކަނދިފަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހިކަނދިފަތް

ހިކަނދިފަތް (އިނގިރޭސި ބަހުން: Murraya koenigii)ނުވަތަ (އިނގިރޭސި ބަހުން: Curry-leaf Tree)އަކީ ރިހައާއި އަސާރައާއި ސަޓަނިފަދަ ތަކެތި މީރުކުރާން އަޅާފަތެކެވެ. ހިކަނދިފަތް ގަސް އާންމުކޮށް ބޮޑުވަނީ 6-4 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. ހިކަނދި ފަތް ގަހުގެ ގަސްގަނޑުގެ ވަށަމިނުގައި 40 ސެންޓި މީޓަރު ހުރެއެވެ.ހިކަނދި ފަތް ކޯންޏެއްގައި އާންމުކޮށް 21-11 އާއި ދެމެދުގެ އަދަދަކަށް ފަތް ހުރެއެވެ. ހިކަނދި ފަތުގެ ވަކި ފަތެއްގެ ދިގުމިނުގައި 4-2 ސމ ވަރު ހުރެއެވެ. އަދި ފުޅަމިނުގައި 2-1 ސމ ވަރުހުރެއެވެ. ހިކަނދިފަތް ގަހުގައި ހުންނަ މާ ހުންނަނީ ހުދުކުލައިގައެވެ. ހިކަނދިފަތް ގަހުގައި ކުޑަ ވަތްކެއް އަޅައެވެ. މިވަކި ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ހުންނަނީ ދަނބު ނުވަތަ ރަތް ކުލައެއްގައެވެ.