ހިންދުކަޅު ރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ހިންދުކަޅު ރޮނޑު

ހިންދުކަޅު ރޮނޑު(އިނގިރޭސި ބަހުން: Melichthys indicus)ނުވަތަ (އިނގިރޭސި ބަހުން: Indian triggerfish) އަކީ ކަޅު ރޮނޑުގެ ބާވަތެކެވެ. މިއީ އާންމުކޮށް ރާއްޖޭގައި އުޅޭ ކަޅު ރޮނޑާއި ވަރަށް އެއްގޮތް މަހެކެވެ. މިދެބާވަތުގެ ތަފާތު ދެނެގަންނަށް އެންމެ ފަސޭހައީ ނިގޫފަތުގެ ބައްޓަމާއި ކުލައިންނެވެ. ހިންދުކަޅު ރޮނޑުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށް ކައިރިފަށް ހުދުކުލައިގައެވެ. ކަޅު ރޮނޑުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ކުޑަކޮށް ކަފިކޮށް އަދި މުޅިން ކަޅުކޮށެވެ. މިއީ ފަރުބޭރަށް ދުވާލު ނަނު ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ކުދިބުޅި ބޭނުންކޮށްގެން ބޭނޭ މަހެކެވެ. މިބާވަތުގެ ރޮނޑު ބައިބަޔަށް ފަރުބޭރުގައި އުޅެއެވެ. މިއީ ކެއުމަށް ބޭނުންކުރެވިދާނެ މީރު މަހެކެވެ. އަދި ދިރޭ ކުދިމަހުގެ ވިޔަފާރީގައި ރާއްޖެއިން ބޭރުކޮށްއުޅޭ މަހެއްވެސް މެއެވެ.


ހިންދުކަޅު ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 30 އާއި، 34 އާއިދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 29މަޑުކަށި ހުރެއެވެ. މަހުގެ ނިގޫކޮޅުގައި ހުންނަ ކަށިހުޅުނބު ތައް ފާޅުކޮށް ފެންނާކަން ނުހުރެއެވެ. މަހުގެ ކުލައަކީ ކަޅުކުލައެވެ. މަހުގެ ބުރަކަށިމަތީ މަޑު ކޮތަރިބައިގެ ބުޑުދަށާއި، ބަނޑުދަށް ފަރާތު ކޮތަރިބައިގެ ބުޑުދަށް ހުންނަނީ ހުދުކުލައިގައެވެ. ނިގޫފަތުގެ ކައިރިފަށްވެސް ހުންނަނީ ހުދުކުލައެއްގައެވެ. މިއީ ކަޅު ރޮނޑާއި ވަރަށް އެއްގޮތް އެހެން ނަމަވެސް ޢިލްމީ ގޮތުން ބަލާއިރު މުޅިން ތަފާތު މަހެކެވެ. މިމަހަށްކިޔާ ވަކިނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހަށްކިޔާ ޢިލްމީ ނަމާ، އިގިރޭސި ނަމާ ގުޅޭގޮތުން، ހިންދުކަޅު ރޮނޑު ކިޔާ ނަންދީފައިވަނީ އެވެ. މިރޮނޑު އެންމެ ބޮޑުވާކަމަށްވަނީ 25 ސެންޓި މީޓަރަށެވެ. މަހުގެ ކާނާއަކީ ފަނިފަކުސަ އެވެ.